ads
ތެޔޮ އުފައްދާ މިންވަރު ދަށް ކުރަނީ
ތެލަށް އޮތް ޑިމާންޑު ކުޑަވެ ތެލުގެ އަގު ދަށަށް ދާން ފެށުމާއެކު، ތެޔޮ އުފެއްދުން ރިކޯޑް މިންވަރަކަށް ދަށް ކުރަން ރަޝިއާ އާއި ތެޔޮ އުފައްދާ ގައުމުތަކާއި މެދު އެއްބަސްވުމަކަށް އައިސްފި އެވެ.
Advertisement

ރަޝިއާ އަދި ސައުދީ އަރަބިއްޔާ އިން ހިންގާ އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް) އަދި އެހެން ބައެއް ގައުމު ތަކުން ގުޅިގެން މި ނިންމުން ނިންމާފައި ވަނީ އިއްޔެ ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިންނެވެ. 

މި ނިންމުން ނިންމާފައިވަނީ ކޮވިޑް-19 އާ ގުޅިގެން ތެލަށް އައިސްފައިވާ ޑިމާންޑް ކުޑަވެ، ސައުދީ އަދި ރަޝިއާ އިން މިކަމާ ގުޅިގެން ދެބަސްވުންތަކަކަށް ގޮސްފައިވެ އެވެ. 

މިއާއެކު އެތަކެއް ދުވަހެއްގެ މަޝްވަރާއާ ދެބަސްވުމަކަށް ފަހު އިއްޔެ ގައުމުތަކުން ބޭއްވި ވީޑިއޯ ބައްދަލުވުމަކުން ނިންމާފައިވަނީ ތެޔޮ އުފައްދާ މިންވަރު ދުވާލެއްގެ މައްޗަށް 9.7 މިލިއަން ފީފާއަށް ދަށް ކުރުމަށެެވެ. މިއީ ވޭތުވެދިޔަ އަހަރުތަކުގައި ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު މިހާބޮޑަށް ދަށްކުރި ފުރަތަމަ ފަހަރު ކަމަށް ބޭރުގެ ނޫސްތަކުން ބުނެ އެވެ. އަދި އޯޕެކް ގްރޫޕުން ބޭރު ގައުމުތަކުން މިއަށްވުރެ ބޮޑަށް ތެޔޮ އުފައްދާ މިންވަރު ކުޑަކުރާނެ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ. 

އޭގެ އިތުރުން މި ނިންމުމާ މެދު ހިތްހަމަ ޖެހުން ފާޅުކޮށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަދި ރަޝިޔާގެ ރައީސް ވްލެޑެމިއާ ޕުޓިންއަށް ޝުކުރު އަދާކޮށް ޓްވީޓެއް ކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާއި ގުޅިގެން، ތެލަށް އޮތް ޑިމާންޑުގެ ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. އަދި މިހާރު މި ނިންމި ނިންމުމާ ގުޅިގެން ވެސް، ޑިމާންޑަށް ވުރެ ސަޕްލައި އިތުރުވެ، މިކަމުގެ ސަބަބުން ތެލުގެ އަގުތަކަށް މާ ބޮޑެތި ބަދަލުތަކެއް ނާންނާނެ ކަމަށް ކަމާއި ގުޅޭ މާހިރުން ލަފާކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް