ads
އެންމެ ފަހުން، މުރައިދޫގޭ މުވައްޒަފުންގެ ތަފްސީލް ހާމަކުރަން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު މ. މުރައިދޫގެގެ މުވައްޒަފުންގެ ތަފްސީލުތައް ސިއްރުކުރަން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމުމަށްފަހު އެ ނިންމުން ބަދަލުކޮށް އެ ތަފްސީލުތައް ދޭން ފާސްކޮށްފިއެވެ.
Advertisement

މުރައިދޫގޭ މުވައްޒަފުންގެ އަދަދު ހާމަކޮށްފިނަމަ މަޖިލީހުގެ ރައީސް އަށް ނުރައްކާވާނެކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ އެ މައުލޫމާތު ސިއްރުކުރަން މިއަދު ނިންމިއެވެ. 

އެހެންނަމަވެސް އެ ނިންމާއި އެކު ގިނަ ބައެއްގެ ފާޑިކިޔުންތައް ސަރުކާރަށް އަމާޒުވާން ފެށިއެވެ. އެއާއި އެކު  އެ ނިންމުން ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތުމުން ކޮމެޓީން ވަނީ މިއަދު ހަވީރު އަނެއްކާ ބައްދަލުވުމެއް ބާއްވާފައެވެ. 

ކޮމެޓީން ހެނދުނު ބޭއްވި ބައްދަލުވުން ސިއްރުކުރި ނަމަވެސް ހަވީރުގެ ބޭއްވި ބައްދަލުވުން ގެންގޮސްފައިވަނީ ހުޅުވާލައިގެންނެވެ. ކޮމެޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމެޓީގެ މުގައްރިރު އަހުމަދު ސަލީމް ވިދާޅުވީ ހެނދުނު ނިންމި ނިންމުން މުރާޖައާ ކުރަން ނިންމީ، އެކަން ކުރަން އޭނާއަށް ފެނިވަޑައިގަތުމުން ކަމަށެވެ.

ހަވީރު ކޮމެޓީގައި ވާހަކަ ދައްކަމުން ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވަނީ މުރައިދޫގޭ މުވައްޒަފުންގެ އަދަދާއި ވަނަވަރު އަދި މުސާރައާއި އިނާޔަތާ ގުޅޭ ހުރިހާ މައުލޫމާތެއް ދިނުމަށް ފެންނަކަމަށް ހުށައަޅާފައެވެ. އެހެންނަމަވެސް ހެނދުނު ބޭއްވި ބައްދަލުވުމުގައި މި މައުލުމާތުތައް ހާމަނުކުރަން ފެންނަކަމަށް ހުށައެޅީވެސް ފަލާހްއެވެ.  

މުރައިދޫގޭ މުވައްޒަފުންގެ ހުރިހާ މައުލޫމާތެއް ހާމަކުރަން ފެނެތީ ކޮމެޓީގައި ނެގި ވޯޓްގައި އެންމެ މެމްބަރެއް ފިޔަވާ ހުރިހާ މެމްބަރުން ވޯޓް ދިނީ މައުލޫމާތުތައް ހާމަކުރަން ފެންނަކަމަށެވެ. ދެކޮޅަށް ވޯޓް ދިނީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަފޫރު މޫސާ އެވެ. 

އަބްދުލްގަފޫރު މޫސާ ވިދާޅުވަމުން ގެންދެވީ ހެނދުނު ވަކި ގޮތަކަށް ފާސްކޮށްފައި ވަނިކޮށް ވަކި ސަބަބެއް ނެތި އަލުން އެ މައްސަލަ މުރާޖައާ ނުކުރެވޭނެކަމަށެވެ. އަދި ގެންދަނީ ގަވައިދާ ހިލާފަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުރައިދޫގޭގެ މަގާމުތަކުން އާއްމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު އެގޭގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުރީ ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމެވެ. އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވަނީ އެ މުރައިދޫގޭގެ ޑިރެކްޓަ ޖެނެރަލަކަށް އައްޔަން ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް