ads
އައިޕީޔޫގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް
ދޮގު މައުލޫމާތުން ޑިމޮކްރަސީއަށް ގޮންޖެހުންތައް ކުރިމަތިވޭ: އަބްދުއްރަޙީމް
ގަސްތުގައި އޮޅުވާލުމަށް ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން ޑިމޮކްރަސީއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިފަދައިން ވިދާޅުވީ ޖެނީވާގައި ކުރިއަށްދާ އިންޓަ-ޕާލަމަންޓްރީ ޔޫނިއަން، އައިޕީޔޫގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ފުރިހަމަ ޑިޖިޓަލައިޒްޑް އިގްތިސާދެއް އުފެއްދުމުގެ މަގްސަދުގައި، އާންމު ހިދުމަތްތަކާއި ތިމާވެށީގެ މޮނިޓަރިންގު ރަނގަޅު ކުރުމަށް މަސްނޫއީ ވިސްނުން ބޭނުންކުރުމަށްވެސް ރާއްޖެއިން ހީވާގިކަމާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ދޮގު މައުލޫމާތާއި ގަސްތުގައި އޮޅުވާލުމުގެ ގޮތުން ފަތުރާ މައުލޫމާތުގެ ސަބަބުން ޑިމޮކްރަސީއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އަދި މިފަދަ ގޮންޖެހުންތަކުން ސަލާމަތް ކުރުމަށް ގާނޫނުހަދާ މަޖިލިސްތަކުގެ މަސްއޫލިއްޔަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އަަބްދުއްރަހީމް ވިދާޅުވީ އާ އީޖާދުތަކާއެކުކީ އެއަށް ބޭނުންވާ ގަވާއިދުތައްވެސް އެކުލަވާލުމަކީ މުހިންމުކަމެއް ކަމަށެވެ.

"ދޮގު މައުލޫމާތާއި ގަސްތުގައި އޮޅުވާލުމުގެ ގޮތުން ފަތުރާ މައުލޫމާތުގެ ސަބަބުން ޑިމޮކްރަސީއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ" އެމަނިކުފާނު ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ވާހަކައިގައި، ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީއާއި ތަހުޒީބު ގެނައުމަށާއި ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ސައިންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފުން މުހިންމު ކަން ފާހަގަކުރައްވަފައިވެ އެވެ.

މަޖިލީހުގެ ރައީސްގެ ތަގުރީރު ނިންމަވާލައްވަމުން، ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލެއްވި އެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރި ދަތި ހާލަތުން ސަލާމަތްކުރުމަށް ހުރިހާ ފަރާތްތަކުންވެސް އިސްކަންދީ ސުލްހަ ދެމެހެއްޓުމަށް އިލްތިމާސް ކުރެއްވި އެވެ. 

އަދި ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އިލްތިމާސް ކުރައްވައި، އާންމުން ތަހަންމަލްކުރަމުންދާ ތަކުލީފުތައް ނިމުމަކަށް ގެނައުމަށްޓަކައި ހަނގުރާމަ ވަގުތުން ހުއްޓާލުމަށްވެސް އެމަނިކުފާނު ގޮވާލެއްވި އެވެ. 

މި އެސެމްބްލީގައި އަބްދުއްރަހީމްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވަނީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ފުވައްމުލަކު މެދު ދާއިރާ އަލީ ފަޒާދު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް