ވެމްކޯ ފައިނަލަށް ދިޔައީ ރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ސްޓެލްކޯ ބަލިކޮށްގެންނެވެ. ސްޓެލްކޯގެ މައްޗަށް ރޭ ވެމްކޯއިން ކުރި ހޯދީ ތިން ލަނޑު ދެ ލަނޑުންނެވެ. ވެމްކޯ އިން ރޭގެ މެޗުގައި ލީޑުނެގީ މުހައްމަދު އައްޒާމް ޖެހި ގޯލުންނެވެ. ވެމްކޯގެ ދެ ވަނަ ގޯލު ޖެހީ، އެ ޓީމުގެ އީރާން ކުޅުންތެރިޔާ، އަލީ ރެޒާ ޝެއިހްލާރު އެވެ.
ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، ސްޓެލްކޯ އިން ފަހަތުން އަރައި، ނަތީޖާ ހަމަހަމަކުރި އެވެ. އެ ޓީމުން ޖެހި ފުރަތަމަ ގޯލަކީ، ވެމްކޯގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ސްޓެލްކޯ އަށް އެއްވަރުކޮށްދިނީ، ޖުމައިލް ޖަމީލް (ޖުމްބެ) އެވެ.
ވެމްކޯ މޮޅުކޮށްދިން ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި އިސްމާއިލް ވަޖީހު (ވައްޖެ) އެވެ. ފައިނަލުގައި ވެމްކޯ ކުޅޭނީ އާރުއާރުސީއާއެވެ.