ފުލުހުން ބުނީ ގެދޮރުވެރިޔާ ސްކީމުން ފްލެޓްތަކަށް ފޯމު ލުމުގެ ފުރުސަތު އެޗްޑީސީން އަލުން ހުޅުވާލައިފިކަމަަށ ބުނެ ސްކޭމް ފޭކް މެސެޖުތަކެއް ފޮނުވަމުން އަންނަކަމަށެވެ.
ފްލެޓަށް އެދޭ ފޯމް ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެ ލިންކު ހިމެނޭގޮތަށް ދައުރުކުރަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫންކަމަށް ފުލުހުން ބުނެއެވެ. އަދި މިފަދަ ލިންކުތަކަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ގެދޮރުވެރިޔާ ސްކީމާއި ގުޅުވާ ސްކޭމް މެސެޖްތަކެއް ފޮނުވަމުން އަންނައިރު އެ ސްކީމްގެ ދަށުން ފްލެޓަށް އެދެން އަލުން ހުޅުވާލާފައެއް ނުވެއެވެ. އެހެންނަމަވެސް އެ ސްކީމުން ފްލެޓް ލިބުނު މީހުން ފަައިނަލް ލިސްޓް މި މަސް ނިމުމުގެ ކުރިން އާއްމުކުރާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.