ads
ކުރީގެ ރަންވޭ ތަރައްގީކުރަން ޗައިނާގެ ބީޔޫސީޖީއާ ހަވާލުކުރުމުގެ ތެރެއިން
ކުރީގެ ރަންވޭ ތަރައްގީކުރަން ޗައިނާގެ ބީޔޫސީޖީއާ ހަވާލުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ކުރީގެ ރަންވޭ ތަރައްގީކުރަން ޗައިނާގެ ބީޔޫސީޖީއާ ހަވާލުކޮށްފިއެވެ.
Advertisement

ވެލާނާ އެއާޕޯޓުގައި ކުރިން ބޭނުން ކުރަމުން އައި ރަންވޭ ބޭނުންކުރުން ހުއްޓާލީ އެއާޕޓް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން އަލަށް ހެދި ރަންވޭގެ ބޭނުން ކުރަން 2022 ވަނަ އަހަރު ފެށުމަށް ފަހުއެވެ. އޭގެ ފަހުން ކުރިން ބޭނުންކުރި ރަންވޭ ބޭނުންކުރަމުން އަންނަނީ ޓެކްސީ ވޭއެއްގެ ގޮތުގައެވެ.

ވެލާނާ އެއާޕޯޓްގައި ކުރީގެ ރަންވޭ ތަރައްގީކުރުމަށް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް، (ބީޔޫސީޖީ) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ. ޗައިނާގެ ބީޔޫސީޖީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ލުއޯ ވޭއިއެވެ.

އެމްއޭސީއެލުން ބުނީ އެއާޕޯޓްގެ ކުރީގެ ރަންވޭ ތަރައްގީކުރުމަކީ ސަރުކާރުން އިއުލާންކޮށްފައިވާ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓާއި، އިގްތިސާދީ ސަރަހައްދު ތަރައްގީކުރުމަށް 20 އަހަރުގެ މާސްޓާޕްލޭންގެ ދަށުން ހިންގާ މަޝްރޫއެއްކަމަށެވެ. އަދި މިއީ އެއާޕޯޓް އޮޕަރޭޝަންތަކުގައި ޔަގީންކަމާއި ރައްކާތެރިކަން ރަނގަޅުކުރުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއްކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ.  

އެމްއޭސީއެލްއިން ބުނީ، 3200 މީޓަރުގެ ދިގު ކުރީގެ ރަންވޭ ތަރައްގީކުރަން އެކުލަވާލި އެއްބަސްވުމުގެ ދަށުން އަންނަ ނޮޮވެމްބަރު މަހު އަމަލީ މަސައްކަތް ފަށާނެކަމަށެވެ. އަދި ދެ އަހަރާއި ބައިގެ ތެރޭ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް