ads
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކ) ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ.
އިންޑިއާ އާއި ކެނެޑާއާ ދެމެދު ގުޅުން ބަލިކަށިވެ ޑިޕްލޮމެޓުން ބޭރުކޮށްފި
ކެނެޑާގައި ދިރިއުޅޭ އިންޑިޔާގެ ސީކް ދަރިކޮޅުގެ އިސް މީހެއް ކަމުގައިވާ ހަރްދީޕް ސިންހު ނިއްޖާރު މަރައިލި މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ކޯޅުންގަނޑު ހޫނުވެ, ދެ ގައުމުގެ ސަފީރުންނާއި ހައި ކޮމިޝަނުގައި މަސައްކަތް ކުރާ އިސް މުވައްޒަފުން ބޭރުކޮށްފި އެވެ.
Advertisement

އިންޑިއާއިން ބުނީ ކެނެޑާގައި ތިބި އެ ގައުމުގެ ހަ ޑިޕްލޮމެޓުން އަނބުރާ ގެންނަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކެނެޑާއިން ބުނީ އެ މީހުން އިންޑިއާއިން ގެންދަނީ ނޫން ކަމަށާއި އެ މީހުންނަށް ވާނީ ގައުމުން ނުކުންނަށް ނޯޓިސް ދީފައި ކަމަށެވެ.

ކެނެޑާ ތުހުމަތުކުރާ ގޮތުގައި ނިއްޖާރުގެ މަރަކީ އިންޑިއާއިން ރާވައިގެން ކުރި ކަމެކެވެ. މިކަމުގައި ކެނެޑާގައި ހުންނަ އިންޑިއާ އެމްބަސީގެ ދައުރެއް އޮންނާނެ ކަމަށް ކެނެޑާ އިން ދެކެ އެވެ.

އިންޑިއާއިން ވަނީ އެ ހުރިހާ ތުހުމަތެއް ވަރަށް ބޮޑަށް ދޮގުކޮށް، ކެނެޑާއިން އެ ވާހަކަތައް ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް ބުނެފަ އެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވި ގޮތުގައި އިންޑިއާއިން އިންކާރުކުރި ނަމަވެސް ހަރްދީޕްގެ މަރު ސާބިތުކުރެވޭ ވަރަށް އިންޓެލިޖެންސަށް ހުރީ މައުލޫމާތު ލިބިފަ އެވެ.

ކެނެޑާ އަށް 1997 ގައި ހިޖުރަކޮށް 2015 ގައި އެ ގައުމުގެ ރައްޔިތަކަށްވި ނިއްޖާރުއަކީ އިންޑިއާއިން ވަކިވެފައިވާ ސިކު ދައުލަތެއް ކަމަށްވާ ހާލިސްތާން އުފެއްދުމަށް ވަކާލާތުކުރި މީހެކެވެ.

ކެނެޑާއަކީ އިންޑިއާ އިން ބޭރުގައި ސިކް މުޖުތަމައަތުގެ އެންމެ ބޮޑު އާބާދީ ދިރިއުޅޭ ގައުމެވެ.


 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް