ads
އަންނަ އަހަރު ސްކޫލްތަކުގެ ގްރޭޑް 1 އަށް ވައްދަން ހުޅުވާލައިފި
އަންނަ ދިރާސީ އާ އަހަރު ގްރޭޑް އެކެއްގައި ކިޔަވަން ބޭނުންވާ ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
Advertisement

އެ މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، އަތޮޅުތެރޭގެ ސްކޫލްތަކުން އެޕްލިކޭޝަން ފޯމު ދޫކުރަން މިހާރު ފަށާފައިވާކަމަށެވެ. އަދި މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހަޅާނީ އޮންލައިންކޮށްކަމަށް https://myoffice.moe.gov.mv/forms/id/2  އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. 

އެޑިއުކޭޝަން މިނިސްޓްރީ ބުނީ އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަމަހުގެ މަހުގެ 15ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އަދި އޭގެފަހުން އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަންނާނެކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ވަނީ ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ.

ދިރާސީ އަހަރު ގްރޭޑް އެކަކަށް ވެއްދުމުގައި ބަލާނީ މި އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނަށެވެ. އެގޮތުން، 2024-2025 ދިރާސީ އަހަރު އެލްކޭޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން އަންނަ ދިރާސީ އަހަރު ބަދަލުވާނީ ގްރޭޑް 1 އަށެވެ.

ދިރާސީ އާ އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާއެކު މިހާރު މި ހިނގާ ދިރާސީ އަހަރު ނިމޭނީ އަންނަ ފެބްރުއަރީ މަހުއެވެ. 2025 ވަނަ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ އޭޕްރީލް ހަވަނަ ދުވަހެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް