ads
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް
އެންމެ މުއްސަނދި އަންހެން ލަވަކިޔުންތެރިޔާގެ މަގާމު ޓޭލާ ސްވިފްޓަށް
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ޓޭލާ ސްވިފްޓް ދުނިޔޭގެ އެންމެ މުއްސަނދި އަންހެން ލަވަކިޔުންތެރިޔާ ގޮތުގައި ލިސްޓް ކޮށްފި އެވެ.
Advertisement

މީގެ ކުރިން މި ރެކޯޑު އޮތީ ލަވަކިޔުންތެރިޔާ ރިހާނާ އަތުގަ އެވެ. 

1.6 ބިލިއަން ޑޮލަރުގެ ނެޓް ވޯތާއެކު ޓޭލާ ސުވިފްޓް އެންމެ މުއްސަދި އަންހެން ލަވަކިޔުންތެރިޔާގެ މަގާމުގައިއޮތްއިރު އޭނާގެ ފަހަތުން ދެވަނަ ލިބޭ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ރިހާނާގެ މިލްކިއްޔާތަކީ 1.4 ބިލިއަން ޑޮލަރެވެ. 

ޓެއިލާއަށް މި ކުރިއެރުން ލިބުނުކަން ފޯބްސްއިން އިއުލާނުކޮށްފައިވަނީ އޭނާގެ "އީރާސް ޓުއާ" ކާމިޔާބު ކަމާއެކު ކުރިއަށްދާ މިދަނޑިވަޅުގަ އެވެ. ރިޕޯޓްތައް ބުނި ގޮތުގައި، ޓޭލާގެ މިލްކިއްޔާތަށް ކުއްލި ބޮޑު ކުރިއެރުމެއް އައި މައިގަނޑު އެއް ސަބަބަކީ އޭނާ ފަށާފައިވާ "އިރާސް ޓުއާ" އެވެ.

ޓެއިލާގެ "އީރާސް ޓުއާ"ގެ ޝޯތައް ފެށީ ނިމުނު އަހަރު މާޗު މަހުގައި އެމެރިކާގެ އެރިޒޯނާ އިންނެވެ. ޔޫރަޕާއި އޭޝިއާ އަދި އޮސްޓްރޭލިއާގައި ވެސް "އީރާސް ޓުއާ"ގެ ޝޯތައް ބާއްވަން ޓެއިލާ ވަނީ ނިންމައިފަ އެވެ. 

މިއީ ޓޭލާގެ ހަވަނަ ޓުއާ އެވެ. މި ޓުއާގައި މުޅި ޖުމްލަ 146 ޝޯ ދޭން އޭނާ ވަނީ ނިންމައިފަ އެވެ. އެ ހުރިހާ ޝޯއެއްގެ ޓިކެޓް ވެސް މިހާރު ވަނީ ވިކި ހުސްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް