ads
ސަމާހު މަރުވި ކާރު ދުއްވަން އިން މީހާ
ސަމާހުގެ މަރު، ވިސާމްގެ ބަންދު ހައިކޯޓުންވެސް ދަމަހައްޓައިފި
ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއްޖެހި ހުޅުމާލޭގައި ހިނގި އެކްސިޑެންޓާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކާރުގެ ޑްރައިވަރު މުހައްމަދު ވިސާމް ސިދުގީގެ ބަންދު ހައިކޯޓުން ވެސް ދަމަހައްޓައިފިއެވެ.
Advertisement

ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން އުރީދޫ އޮފީސް އިމާރާތް ކުރިމަތީގައި މިދިޔަ މަހުގެ 6 ވަނަދުވަހުގެރޭ ދަންވަރު ހިންގި އެކްސިދެންޓްގަި އަނިޔާވި ލ. އިސްދޫ ،ބީޗް ހައުސް އުމުރުން 23 އަހަރުގެ ހަސަން ސަމާހް  ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ އެކްސިޑެންޓް ވުމުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށެވެ.

މި މައްސަލާގައި ކާރު ދުއްވަން އިން އުމުރުން 26 އަހަރުގެ ވިސާމް ވަނީ ހަމަ އެދުވަހު ހައްޔަރުކޮށްފައެވެ. އަދި އޭނާއަކީ ކާރު ދުއްވުމުގެ ލައިސެންސް އޮންނަ މީހެއް ނޫންކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ވިސާމް ބަންދުކުރީ  އުސޫލާ ހިލާފަށް ކަމަށް ބުނެ ބަންދު އަމުރު ބާތިލުކޮށްދިނުމަށް އޭނާގެ ފަރާތުން ހައިކޯޓަށް ހުށައެޅިއެވެ. އެ މައްސަލާގައި އޭނާ ބުނީ ހުޅުމާލޭގައި މިވަގުތު ކްރިިމިނަލް ކޯޓުގެ ޑިވިޝަނެއް ހުންނާތީ ޖިނާއީ ތަބީއަތުގެ މައްސަލައެއް ބެލުމުގެ އިހްތިސާސް ހުޅުމާލެ ކޯޓަށް މިހާރު ލިބިގެންނުވާކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރަނީ ގަސްތު މަރުގެ ތުހުމަތު ކަމަށްވާއިރު މެޖިސްޓްރޭޓް ކޯޓަކީ އެފަދަ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިިބިގެންވާ ކޯޓެއް ނޫން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. 

މި މައްސަލާގައި ހައި ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ ހުޅުމާލެ ކޯޓުން ވިސާމުގެ ބަންދު އަމުރު ނެރެފައިވަނީ ރަނގަޅަށް ކަމަށާއި އެ އަމުރު ބާތިލުކުރަން ޖެހޭ ސަބަބެއް ނެތްކަމަށެވެ. އަދި ވިސާމަކީ ލައިސަންސް ނެތި ތަކްރާރުކޮށް ދުއްވުމުގެ ތާރީހެއް އޮތް މީހެއްކަމަށާއި ދަށު ކޯޓުން އަމުރު ނެރެފައިވަނީ ވިސާމް ބާރު ސްޕީޑެއްގައި އުޅަނދު ދުއްވާފައިވުމުގެ މައްޗަށާއި އެކްސިޑެންޓްގެ ސަބަބުން މީހެއްގެ ފުރާނަ ގެއްލިފައިވުމުގެ މައްޗަށްކަން އެނގޭ ކަމަށެވެ. 

މީގެއިތުރުން ކުށުގެ ތުހުމަތުގައި މީހަކު ބަންދު ކުރީ ހުޅުމާލޭ ސަރަހައްދުން ނަމަ، އެ މީހަކު ބަންދުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުގެ އިހްތިޔާރު ލިބިގެންވާކަމަށް  ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި  ބަޔާންކޮށްފައިވާކަމަށް ހުކުގައިވެއެވެ. އެހެންކަމުން ހުޅުމާލޭގައި ހުންނަ އިމާރާތެއްގައި ކްރިމިނަލް ކޯޓު ނުވަތަ އެ ކޯޓުގެ ބައެއް ހިންގާތީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިހްތިސާސްއަށް އެއްވެސް އަސަރެއް ކުރާނެ ކަމަކަށް ހައި ކޯޓަށް ކަނޑައެއްނޭޅޭނެކަމަށްވެސް ހައިކޯޓުން އިއްވި ހުކުމްގައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް