ads
ހަޔާ އެޑިއުކޭޝަން ސްޓޭޓް ޝަފީއު
އަމިއްލަ މުސްތަގްބަލާއެކު ގައުމުގެ މުސްތަގްބަލް ބިނާކުރަން މަސައްކަތް ކުރޭ: ޝަފީއު
އަމިއްލަ މުސްތަގްބަލުގެ އިތުރުން ރާއްޖޭގެ މުސްތަގްބަލު ބިނާކުރުމަށް ހިއްވަރާއެކު މަސައްކަތްކުރަން ޖެހޭކަމަށް މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާ އެންބެސެޑާ ބާސަރީ ޕްރޮގްރާމްގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި، އެ ޕްރޮގްރާމްގެ ދަށުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބުނު ދިވެހި ދަރިވަރުންނާއި މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.  

މި ރަސްމިއްޔާތަކީ ޗައިނާއާއި ރާއްޖެއާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން ހާމަވެގެންދާ ރަސްމިއްޔާތެއްކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ، ޗައިނާ ސަރުކާރުން ދިވެހި ދަރިވަރުންނަށް ބެޗްލާސް ޑިގްރީ އަދި މާސްޓާސް ޑިގްރީ ހާސިލުކުރުމަށް ދެއްވާފައިވާ ސްކޮލަޝިޕްގެ އެކި ފުރުސަތުތަކުން ހާމަވެގެންދަނީ، ރާއްޖެއަށް ދެހެއްޓެނިވި ތަރައްގީ ގެނައުމަށް ޗައިނާ ސަރުކާރުން ދެއްވާ އެއްބާރުލުންކަމަށެވެ.

މި ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތާއި އެއްގޮތަށް، މަތީ ތައުލީމު ކުރިއެރުމަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެއްކަމަާއި، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެ، ގައުމު ބިނާކުރާނެ ޒުވާން ޖީލެއް އުފެދިގެންދާނެކަން ވެސް މިނިސްޓަރު ޝަފީއު ވަނީ ފާހަގަކުރައްވާފަ އެވެ.

"މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، ގޮންޖެހުންތަކުން އަރައިގަނެ، އަމިއްލަ މުސްތަގްބަލާއި ރާއްޖޭގެ މުސްތަގްބަލު ބިނާކުރުމަށް ހިއްވަރާއެކު މަސައްކަތްކުރަން ޖެހޭ" ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް ޝަފީއު ވިދާޅު ވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ޗައިނާގެ ރައީސް، ޒީ ޖިންގްޕިންގް އަދި ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުވާފައިވާ ސަފީރު، ވާންގްއަށް ޝުކުރުއަދާކުރެއްވި އެވެ. އަދި މި ރަސްމިއްޔާތުގައި، ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ވައިސް ޗާންސެލާ، ޑރ. އައިޝަތު ޝެހެނާޒް، ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ވައިސް ޗާންސެލާ، ޑރ. އަލީ ޒާހިރުގެ އިތުރުން ޗައިނާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ވަންގް ލިޒިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް