ads
އުޝާމް
ހުޅުމާލޭ ކޯޓް އުވާލަން ސަރުކާރުން އިސްލާހު ހުށަހަޅަނީ
ހުޅުމާލޭ ކޯޓް އުވާލުމަށް ކޯޓްތަކުގެ ގާނޫނަށް އިސްލާހު ހުށައަޅަން ސަރުކާރުން ނިންމައިފިއެވެ.
Advertisement

ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވީ ހުޅުމާލޭ ކޯޓް އުވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން އެކަމަށް ގާނޫނަށް ގެންނަށް ޖެހޭ އިސްލާހުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އުޝާމް ވިދާޅުވިއެވެ. 

ހުޅުމާލެ ކޯޓް އުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު ހުޅުމާލެ ކޯޓް ހުރުމުން ގޮންޖެހުތައް ކުރިމަތިވާކަމަށް ހައިކޯޓުން ނިންމި ނިންމުމެއްގައިވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އިއްޔެ އެކޯޓުން ނިންމި ބަންދާއި ގުޅޭ އަމުރުގެ އިސްތިއުނާފު މައްސަލައަކީވެސް ހުޅުމާލެ ކޯޓުގެ ނިންމުން ސައްހަ ނޫންކަމަށް ބުނެ ހުށައެޅި މައްސަލައެކެވެ. 

ކޯޓުތަކުގެ ގާނޫނު ގައިވާ ގޮތުން ސުޕީރިއާ ކޯޓުތައް ހުންނަ ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓެއް ނުހުންނާނެއެވެ. އެހެންނަމަވެސް ސުޕްރީމްކޯޓުން  ވަނަ އަހަރު ނިންމި ނިންމުގައި ވަނީ 2012 ހުޅުމާލޭގައި ހުންނަ މެޖިސްޓްރޭޓް ކޯޓަކީ ސައްހަ ކޯޓެއްކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް