ads
މިނިސްޓަރު ސައީދު: ޑިވެލޮޕްމަންޓް ބޭންކާ އެކު ޑޮލަރު ލިބޭނެ އާ ދޮރުތަކެއް ހުޅުވޭނެ ކަމަށް ވިދާޅުވި
ރުޕޭ ކާޑާ ބެހޭ މުހިންމު މައުލޫމާތު ތަކެއް މިނިސްޓަރު ހާމަކުރައްވައިފި
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ރުޕޭ ކާޑާ ބެހޭ މުހިންމު މައުލޫމާތުތަކެއް މިއަދު ހާމަކުރައްވާފަ އެވެ.
Advertisement

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކުން އިގްތިސާދީ ތަރައްގީގެ ޕްލޭންގައި ހިމެނޭ އެކި ސިނާއަތްތަކަށް ބޭނުންވާ ފައިނޭންސް ހޯދުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ކަމަށެވެ.

ޑިވެލޮޕްމެންޓު ބޭންކު ރާއްޖެއަށް މުހިންމުވާ ސަބަބުތައް މިނިސްޓަރު ވަނީ ކިޔައިދެއްވަފަ އެވެ. އެގޮތުން، މަންފާއެއް ނުލިބި ގިނަދުވަސް ވެފައިވާ ރަށްތަކާއި ފަޅުތައް ތަރައްގީކުރަން މި ބޭންކުގެ ސަބަބުން މަގުފަހިވާނެކަމަށް ސައީދު ލިޔުއްވާފައި ވެއެވެ.

ޑިވެލޮޕްމެންޓު ބޭންކުގެ އިތުރު ބޭނުންތަކުގެ ތެރޭގައި:

  • ގުދުރަތީ މުއްސަނދިކަން ދަމަހައްޓައި، އަންނަން އޮތް ޖީލުތަކަށް މަންފާވާނެ ފަދައިން ގުދުރަތީ މުއްސަނދިކަން ރައްކާތެރިކުރުން
  • ސަރަހައްދީ އަދި ފަރުދީ ތަނަވަސްކަމުގެ ފަރަގު ކުޑަކުރުން
  • ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާއި ދަރަނީގެ ބުރަ އަންނަން އޮތް ޖީލުތަކަށް ލުއިކުރުން
  • ޓޫރިޒަމް ސިނާއަތުގެ އިންފްރާސްޓްރަކްޗާ ބާނުވެ ހިފެހެއްޓުން
  • ދައުލަތުން ހަރަދުކޮށްފައިވާ އުމުރާނީ ވަސީލަތްތަކަށް ބޭނުންވާ މަރާމާތާއި ބެލެހެއްޓުން
  • ރަނގަޅު ފެންވަރުގެ ބޯހިޔާވައްސާއި ވަޒަންވެރިވާނެ ޒަމާނީ މާހައުލުތައް އުފެއްދުން

ރާއްޖެއަށް ޑިވެލޮޕްމެންޓު ބޭންކެއްގެ ބޭނުންތެރިކަން ބޮޑުވާ ސަބަބުތަކުގެ ތެރޭގައި އެ މިނިސްޓްރީން ފާހަގަކުރީ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަަށް ވާސިލުކޮށްދިނުމާއި، ސަރަހައްދީ އަދި ފަރުދީ ތަނަވަސްކަމުގެ ފަރަގު ކުޑަކުރުމާއި، މަންފާއެއް ނުލިބި ގިނަ ދުވަސްވެފައިވާ ރަށްރަށާއި ފަޅުތައް ތަރައްގީކުރުން ފަދަ ކަންކަމެވެ. 

"ރުޕޭ ކާޑު ދިވެހިރާއްޖޭގައި ތައާރަފުކުރުމުން ގިނަ ފައިދާތަކެއް ކުރާނެ. މީގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ވިޔަފާރި އިތުރަށް ފުޅާވެގެންދާނެ. އަދި ޓޫރިސްޓުންނަށްވެސް ފަސޭހަވެގެންދާނެ،" ލިޔުމުން ދެއްވި ޖަވާބުގައި ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގައި ލޯކަލް ކަރަންސީ ސެޓްލްމަންޓް ތައާރަފުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ހާމަކުރެއްވި އެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާވެ، ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރެވޭ ފެންވަރަށް ކުރިއަރައިގެންދާނެ ކަމަށް މިނިސްޓަރު އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓްރީން އިތުރަށް ބުނީ ކޮމާޝަލް ބޭންކިންގެ ފައިސާ ޖުމްލަ ގޮތެއްގައި ކުރު އަދި މެދު ރާސްތާގެ ދަރަންޏަށް އަމާޒުވުމުގެ ސަބަބުން އިގްތިސާދު ފުޅާކުރުމުގެ ޖާގައެއް ނުލިބޭ ކަމަށެވެ. ނަމަވެސް ޑިވެލޮޕްމަންޓް ބޭންކުން ފައިސާ ހަމައެކަނި ދަރަނީގެ ގޮތުގައި ދޫކުރުމުގެ ބަދަލުގައި މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ އާ ގޮތްތަކެއް ތައާރަފްކުރާނެ ކަމަށެވެ.

ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޑިވެލޮޕްމެންޓު ބޭންކު އުފެއްދެވީ މިދިޔަ މެއިގަ އެވެ. އަދި ޖުލައިގައި އެ ބޭންކުގެ އޮޕަރޭޝަންތައްކަށް ބޭނުންވާ ލައިސަންސް ހޯދުމަށް އެމްއެމްއޭއަށް ހުށަހެޅިއިރު، އޮގަސްޓުގައި އެ ބޭންކުގެ ބޯޑަށް ބޭފުޅުން ވަނީ އައްޔަންކޮށްފަ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓް ބޭންކެއް ހިންގުމަށް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ޑީބީއެމްއެލް)އަށް ލައިސެންސް ދޫކުރީ މިމަހުގެ 13 ވަނަ ދުވަހު އެވެ. ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ފައިނޭންސް ކުރުމަށް ޑިވެލޮޕްމަންޓު ބޭންކެއް ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް