ads
ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު އެ ޕާޓީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.
ރިސޯޓު އޯނަރުންނަށް ދައުލަތުން ދޭ އިނާޔަތްތައް މާ ބޮޑު: ފަލާހު
ރިސޯޓު އޯނަރުންނަށް ދައުލަތުން ދެމުންދާ އިނާޔަތްތައް މާ ބޮޑުކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވިދާޅުވެއްޖެއެވެ.
Advertisement

މި ވާހަކަ ފަލާހު ދައްކަވާފައިވަނީ ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް 16 ޕަސަންޓުން 17 ޕަސަންޓަށް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުންނެވެ. 

ފަލާހު ވިދާޅުވިގޮތުގައި ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތަކުން އިންވެސްޓް ކުރުމަށްޓަކައި ދައުލަތުން ސޮވަރިން ގެރެންޓީ ދީގެން ލޯނު ހޯދާފައި ހުންނަނީ ވަރަށް ކުޑަ އިންޓްރެސްޓެއްގައެވެ. އަދި މިކަމުގެ ސަބަބުން ރިސޯޓު އޯނަރުންނަށް ވަރަށް ބޮޑު މަންފާއެއް ކުރެވޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، ފަލާހު ވިދާޅުވިގޮތުގައި މިފަދަ ވިޔަފާރިތަކުގައި ދިވެހިންނަށް އެކަށީގެންވާ ރަނގަޅު ފުރުސަތުތަކެއް ނެތެވެ. އޭނާ ވިދާޅުވީ އެކަށީގެންވާ މުސާރަ ދީގެން ފުރުސަތު ފަހިކޮށްދޭނަމަ ދައުލަތަށް ބުރަ ކުޑަވާނެ ކަމަށެވެ. މީގެ އިތުރުން، ފަލާހު ވިދާޅުވީ ދުނިޔޭގެ ނިސްބަތަށް ބަލާއިރު ވެސް ރާއްޖޭގެ ޓޫރިޒަމް ދާއިރާއިން ނެގޭ ޓެކްސް ކުޑަކަމަށެވެ.

ފަލާހު އިތުރަށް ވިދާޅުވީ ޓެކްސް ބޮޑުކުރުމުގެ ސަބަބުން ދިވެހި އެއްވެސް ރައްޔިތެއްގެ ޖީބަށް ބުރަ ބޮޑު ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ދިވެހިންނަށް ބޭނުންވާ ކަންކަން ކުރުމަށް އޮތް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ. މި ބަހުސްގައި ބައެއް މެންބަރުން ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ވާހަކަދެއްކި ނަމަވެސް، ފަލާހު ދެކެވަޑައިގަންނަވަނީ މިއީ މިވަގުތަށް ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްގެ ގޮތުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް