ads
ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ގަހަކަށް ފެން ދެއްވަނީ.
މޫސުމީ ބަދަލުތަކަށް ހޭނުމަކީ އަދި ވެސް އޮތް ގޮންޖެހުމެއް: ޣައްސާން
މޫސުމީ ބަދަލުތަކަށް ތައްޔާރުވުމާއި، އެ ކަމަށް ހޭނުމަކީ އަދި ވެސް އޮތް ގޮންޖެހުމެއް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ ފިލިޕީންސްގެ މެނީލާގައު ކުރިޔަށްދާ ޑިޒާސްޓާ ރިސްކް ރިޑަކްޝަން އޭޝިޔާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ޣައްސާން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތައް ދެނެގަނެ އެކަން ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އެގޮތުން ކާރިސާގެ ނުރައްކާ ކުޑަކުރުމުގެ ގައުމީ އިސްތިރާޖީ ޕްލޭން 2024 އިން 2030 އަންނަ މަހު ތަސްދީގުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. 

މިކަމުން ދޭހަކޮށްދެނީ ކެރިފޯރުންތެރިކަން އިތުރުކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މުޖުތަމައަށް ކުރާ އަސަރު ކުޑަކުރުމަށް މިސަރުކާރުން ކުރައްވާ މަސައްކަތް ކަމަށް ޣައްސާން ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އދ. ގެ "އާލީ ވޯނިން ފޯ އޯލް" އިނީޝިއޭޓިވްގައި ބައިވެރިވެރި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އަދި މި ކެމްޕޭނުގެ މަގުސަދުތައް ހާސިލް ކުރުމަށް ރޯޑު މެޕެއް އެކުލަވާލައި، އެ ތަންފީޒުކުރަން ފެށި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމެނޭކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ސަރުކާރުތަކުން ރާއްޖޭގެ ރަށްތަކުގެ ތަރައްގީއަށް އިންވެސްޓްމަންޓްތަކެއް ކޮށްފައިވީ ނަމަވެސް، މޫސުމީ މޫސުމީ ބަދަލުތަކަށް ތައްޔާރުވުމާއި، އެ ކަމަށް ހޭނުމަކީ އަދި ވެސް އޮތް ގޮންޖެހުމެއް" މިނިސްޓަރު ވިދާޅުވި އެވެ.

ޣައްސާން ވަނީ ދިވެހިރާއްޖެ ފަދަ ކުޑަ ގައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަކީ ވަގުތުން ކުރިމަތިވާ އަދި ބޮޑެތި ނުރައްކާތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި ކެރިފޯރުންތެރިކަމާއި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމުގައި އެއްވެސް ގައުމެއް، ކުޑަޔަސް ބޮޑަސް، ފަހަތަށް ނުޖެހި ކުރިއަށް ދިއުމަށްޓަކައި ގޮންޖެހުންތަކުން އަރައިގަތުމަށް އެކުގައި މަސައްކަތްކޮށް އެކަކު އަނެކަކަށް އެހީތެރިވުމަކީ އެންމެންގެ ޒިންމާއެއްކަމަށްވެސް ޣައްސާން ވިދާޅުވި އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް