ads
އައްޑޫ ހިތަދޫ ފިހާރަކަަށް ވަދެ ވަޅިއަކުން ބިރުދައްކަައި، ފޭރުނު މައްސަލައެއްގައި ދެވަނަ މީހަކު ހައްޔަރުކުރުން
ހިތަދޫ ފިހާރައަކަށް ވަދެ ފޭރުނު މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި
އައްޑޫ ސިޓީގެ ހިތަދޫ ފިހާރައަކަށް ވަދެ ބިރު ދައްކައި ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށް، މިމައްސަލައިގައި އިއްޔެ ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓުން މުއްދަތު ދީފި އެވެ.
Advertisement

މި މައްސަލައާ ގުޅިގެން ފުރަތަމަ ހައްޔަރުކުރީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ވަނީ 30 ދުވަސް ޖަހާފަ އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

އެއީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.


"މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" މައްސަލައިގެ ތަފްސީލް ނުދީ ފުލުހުން ބުންޏެވެ.

މި ދެ މީހުން ސޭޓަށް ބިރު ދެއްކުމަށްފަހު ކައުންޓަރުން އެއްޗެހި ތަކެއް ނަގައިގެން ދުވެފައި ފިލާ މަންޒަރު ފެނެ އެވެ. އަދި އެ މީހުންގެ ފަހަތުން ފިހާރައިގެ ސޭޓު ވެސް ދުވެފައި ނިކުމެގެންދާ މަންޒަރުވެސް ވީޑިއޯ އިން ފެނެ އެވެ.
މީގެ ކުރިން ވެސް މިފަދަ ގޮތަކަށް ހިތަދޫގެ ބައެއް ފިހާރަތަކުން ވައްކަންކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް