ads
ވޯލްޑް ކްލީންއަޕް ދުވަސް 2024ގައި ޓީސީސީއެފް އާއި ވެމްކޯ އަދި މޯޕާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްގައި ހުސްފުޅި ރިސައިކަލް ކުރުމަށް ފުޅި ކޮންޓޭނަރެއްވަނީ އެކްސްޕޯޓްކޮށްފައި.
ރާއްޖޭން އަލަށް ޕްލާސްޓިކް ފުޅި ކޮންޓެއިނަރެއް އެކްސްޕޯޓްކޮށްފި
ރާއްޖޭގައި ބޭނުންކުރާ ޕްލާސްޓިކް ރިސައިކަލް ކުރުމަށް ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅި (ޕެޓް)ގެ ބޭލްޑްގެ ކޮންޓެއިނަރެއް އެކްސްޕޯޓްކޮށްފި އެވެ.
Advertisement

މިއީ ރާއްޖޭގެ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ޕްލާސްޓިކް ކުނި ބޭނުކޮށް އަލުން ބޭނުން ކުރުމުގެ އަމާޒުގެ ދަށުން ހިންގާ މަޝްރޫއެކެެވެ.

ވޯލްޑް ކްލީންއަޕް ޑޭ 2024ގައި ބޭއްވި މި ހަރަކާތުގައި ދަ ކޮކާ-ކޯލާ ފައުންޑޭޝަން (ޓީސީސީއެފް) އިން ހަރަދުކޮށްގެން، ޕިކަޕް އާއި ބެލަރ ހިމެނޭ ސާމާނު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ވަނީ ހަވާލުކޮށްފަ އެވެ. ޓީސީސީއެފްގެ ހަރަދުގައި މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (އެމްއޯޕީއޭ) އަދި ވެމްކޯ ގުޅިގެން ކުރިއަށް ގެންދާ މި އިސްނެގުމަކީ ޕެޓް ފުޅި އެއްކުރުމް ހަރުދަނާކޮށް، ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ މުހިންމު މަސައްކަތެއްކަމަށް ވެމްކޯއިން ބުނެ އެވެ.

މިއީ، ރާއްޖޭގެ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ޕްލާސްޓިކް ކުނި ބޭނުކޮށް އަލުން ބޭނުންކުރުމުގެ އަމާޒުގެ ދަށުން ކުރި މަސައްކަތެއްކަމަށް ވެމްކޯއިން ބުނެ އެވެ.

މި އިސްނެގުމުގައި ރީސައިކަލް ކުރުމަށް ބެލްޑް ޕެޓް ފުޅި މެލޭޝިއާ އާއި ޗައިނާއަށް އެކްސްޕޯޓް ކުރާނެއެވެ. މީގެ ކުރިން ޕެޓް ފުޅި އެކްސްޕޯޓްކޮށްފައި ވާއިރު، ގިނަ އަދަދެއްގެ ކުނި ބެލްޑް ކުރުމުން ދަތުރުފަތުރަށް ވަރަށް ބޮޑަށް ރަނގަޅުވެ، މި މަސައްކަތުގައި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

ޓީސީސީއެފްގެ ހަރަދުގައި ހިންގާ އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ ޖުމްލަ މަގުސަދަކީ ރާއްޖޭގައި ޕްލާސްޓިކް ކުނި ރީސައިކަލް ކުރުމަށް މުޅި ރާއްޖެއަށް ހައްލެއް ހޯދައިދިނުމަށް އެހީތެރިވެދިނުމަށްބޭނުންވާ އާލާތްތަކާއި ނިޒާމުތައް ވެސް ގާއިމް ކުރުމެވެ.

މިވަގުތު ރާއްޖޭގެ ގިނަ ކުނި އުކާލަނީ ނުވަތަ އަންދާލަނީ ކ. ތިލަފުށި ސިނާއީ ރަށުގަ އެވެ. މި މަޝްރޫއަކީ ކުނި މެނޭޖްކުރުމުގެ ރަނގަޅު އުސޫލުތަކަށް ބަދަލުވުމެއް ތަމްސީލުކުރާ މަޝްރޫއެކެވެ.މި މަޝްރޫއުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ މާލޭ ސަރަހައްދަށް ވުރެ ޕެޓް ފުޅި އެއްކުރުމުގެ ނިޒާމުތައް ފުޅާކޮށް، ރީސައިކަލް ކުރުން ހަރުދަނާކޮށް ތަރައްގީ ކުރެވެންދެން މުޅި ރާއްޖޭގައި އެއްކުރެވޭ މިންވަރު ރަނގަޅުކުރުމަށެވެ.

މި މަޝްރޫއުގެ އޮޕަރޭޝަންތައް ރަށްރަށާ ގުޅުވައިދިނުމާއި، ކުނި ވަކިކުރުމާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމާއި، ޕެޓް އެއްކުރުމުގެ މަސައްކަތް ފުޅާކުރުމުގައި މޯޕާގެ ބައިވެރިވުން ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށް ވެމްކޯއިން ބުނެ އެވެ. 

ވެމްކޯއާ ގުޅިގެން މޯޕާއިން ވަނީ މުޖުތަމައުތަކުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ތައާރަފްކުރުމަށް އެހީތެރިވެދީ، ޓީސީސީއެފްގެ ހަރަދުގައި ގެނެވޭ ކޮމްޕެކްޓަރާއި ޕިކަޕް ފަދަ ވަސީލަތްތައް މާލޭ ސަރަހައްދާއި އެހެން ރަށްރަށުގައި ވެސް ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް މަސައްކަތްކޮށްފަ އެވެ.

"މުޖުތަމައުތަކަށް ތައުލީމު ދިނުމާއި ވެމްކޯ ފަދަ ގައުމީ ބައިވެރިންނާ ގުޅިގެން ކުނި މެނޭޖްކުރާ ގޮތް ރަނގަޅު ކުރުމުގެ އިތުރުން، ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި ތިމާވެށީގެ ރައްކާތެރިކަމަށްމަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް." މި މަޝްރޫއަކީ ޕްލާސްޓިކް ކުންޏާ ދެކޮޅަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި ރާއްޖެއަށް ލިބުނު އިންގިލާބީ ކުރިއެރުމެއް ކަން ފާހަގަކުރައްވާ މޯޕާގެ ރައީސް އަހުމަދު މައުމޫން ވިދާޅުވި އެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވީ، މި އިސްނެގުމަކީ ޕްލާސްޓިކް ކުނި މެނޭޖްކުރުން ރަނގަޅުކޮށް، ރާއްޖޭގައި ރީސައިކަލް ކުރުމުގެ މަސައްކަތްތައް އިތުރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި ޕެޓް ކުނި އެއްކުރުމާއި ޕްރޮސެސް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ރަށްރަށަށް ގެންގޮސް، ޕްލާސްޓިކް ތަޣައްޔަރުވުމުގެ އަވަސް ގޮންޖެހުން ހައްލުކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން ދެމެހެއްޓެނިވި މުސްތަގުބަލެއްގެ ބިންގާއެއް ވެސް ބިނާކުރުމަށް އެޅޭ ބާރެއްކަމަށެވެ.

ޕެޓް ކުނި އެކްސްޕޯޓް ކުރުމަކީ ކުނި ނައްތާލުމުގެ އާންމު އުސޫލުތަކުން ޕްލާސްޓިކް ކުނި އެއްކޮށް، ޕްރޮސެސްކޮށް، ރީސައިކަލް ކުރާ ވަށާޖެހޭ އިގްތިސާދީ ވިސްނުމަށް ރާއްޖެ ބަދަލުވުމުގެ މުހިންމު ވަގުތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕެޓް ކުނި އެއްކުރުމުގެ އޮޕަރޭޝަނަލް ކަންތައްތައް ބަލަހައްޓައި، ބެލިން އަދި އެކްސްޕޯޓް ނިޒާމުތައް ރަނގަޅަށް ހިނގާކަން ކަށަވަރުކުރުމުގައި ވެމްކޯގެ ދައުރަކީ ވަރަށް މުހިންމު ދައުރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް