ads
ޑައިރެކްޝަން ބޭންޑުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ލިއަމް ޕޭން
ވަން ޑައިރެކްޝަންގެ ލިއަމް ޕޭން މަރުވެއްޖެ
އިނގިރޭސި މަޝްހޫރު ވަން ޑައިރެކްޝަން ބޭންޑުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ލިއަމް ޕޭން މަރުވެއްޖެއެވެ.
Advertisement

ބުއެނޯސް އައިރެސްގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 31 އަހަރުގެ ލިއަމް މަރުވީ އާޖެންޓީނާގެ ވެރިރަށުގައި ހުންނަ ކާސާ ސޫރް ހޮޓެލްގެ ތިން ވަނަ ފަންގިފިލާއިން ވެއްޓުމުގެ ސަބަބުންކަމަށެވެ. އަދި ލިއަމް ވެއްޓި ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށްވެސް އާޖެންޓީނާ ފުލުހުން ވަނީ ބުނެފައެވެ.

ލިއަމް ވަނީ އެ ބޭންޑްގެ ކުރީގެ މެމްބަރު ނައެލް ހޯރަން އާޖެންޓީނާގައި މިމަހު ކުރީ ކޮޅު ބޭއްވި ކޮންސެޓެއްގައިވެސް ބައިވެރިވެފައެވެ.

2010 ވނަ އަހަރު އުފެއްދި ވަން ޑައިރެކްޝަން ބޭންޑު މަޝްހޫރުވީ އިނގިރޭސި މަޝްހޫރު ޓީވީ ޝޯ، "ދަ އެކްސް ފެކްޓަރ" އިންނެވެ. ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ހޯދި ބޭންޑުގެ މެމްބަރު ވަނީ ގިނަ ޝޯތަކެއް ދިނުމަށްފަގު 2015 އަހަރު އެކުގައި މަސައްކަތް ކުރުން ހުއްޓާލާފައެވެ. އޭގެ ފަހުން މި ބޭންޑްގެ މެންބަރުން ވަނީ އެމީހުންގެ ސޯލޯ ލަވަތައް ގެނެސްދޭން ފަށާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް