ފުލުހުން ބުނީ ހާލު ގޯސްވެ ނިޔާވި ކުއްޖާއަކީ ހުޅުމާލޭ ހުރަވީ ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރެއް ކަމަށެވެ.
އެ ކުއްޖާއަށް ސިއްހީ ހާލަތެއް މެދުވެރިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަިއ ކަމަށް ފުލުހުން ބުނެއެވެ.
އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ބުނެ އެވެ. ހުރަވީ ސްކޫލުގައި ނިިޔާވެފައިވަނީ އުމުރުން 13 އަހަރުގެ ފާތިމަތު ޝިމާ މުހައްމަދު ކިޔާ ދަރިވަރެކެވެ.
ޝީމާ ނިޔާވި ކަމަށް ވަނީ އިންޓަވަލުގަޑީގައި ކާން އިންދަ އެވެ. ނިޔާވީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.