ނޭޕާލުގައި މިއަދު ފެށުނު ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ކުޅުމަށް ދިވެހި އަންހެން ފުޓްބޯޅަ ޓީމު މިހާރު ތިބީ ނޭޕާލުގައެވެ.
މި މުބާރާތުގައި ސާކުގެ ހަތް ގައުމުން ވާދަކުރާއިރު، ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. ގްރޫޕް ބީގައި ރާއްޖެއާއެކު ދެން އޮތީ އަވައްޓެރި ލަންކާއާ ބޫޓާން އަދި މުބާރާތް ހޯސްޓް ކުރާ ނޭޕާލެވެ.
ރާއްޖެއިން މުބާރާތުގެ ސެމީއަށް ޓާގެޓްކޮށްފައިވާއިރު ސެމީގެ ފުރުސަތެއް ހޯދުމަށް މާދަމާ ލަންކާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން މުހިއްމެވެ.
ދިވެހި ޓީމުގެ ފުރަތަމަ މެޗުގައި، މާދަމާ ލަންކާއާ ކުޅޭއިރު، ދެ ވަނަ މެޗުގައި، 21 ވަނަ ދުވަހު ނޭޕާލާ ކުޅޭނެއެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި، 24 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް ރާއްޖެ ނުކުންނާނެއެވެ.
ގްރޫޕް އޭ
އިންޑިޔާ
ބަންގްލަދޭޝް
ޕާކިސްތާނު
ގްރޫޕް ބީ
ދިވެހިރާއްޖެ
ނޭޕާލް
ބޫޓާން
ސްރީ ލަންކާ