ads
މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރް
މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރް ރުޅިވުމުގެ އަޑުތައް
ބޮލީވުޑްގެ މަޝްހޫރު ތަރި މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރް ވަކިވެއްޖެ ކަމަށް ބުނާ އަޑުތައް މިހާރު ވަނީ ފެތުރެން ފަށާފައެވެ.
Advertisement

ނަމަވެސް މި ދެ ތަރިން އަދި މިކަން ކަށަވަރުކޮށްފައެއް ނުވެއެވެ. މި ހާލަތުގައި، މަލައިކާ އަރޯރާ ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ބެހޭގޮތުން ބައެއް ވާހަކަތައް ދައްކާފައެވެ.

ގްލޯބަލް ސްޕާ މަޖައްލާއަށް ދިން އިންޓަވިއުއެއްގައި މަލައިކާ ބުނެފައިވަނީ އޭނާ ދިރިއުޅެނީ އެއްވެސް ހިތާމައެއް ނެތި ކަމަށެވެ. "އަޅުގަނޑު ދިރިއުޅެނީ އެއްވެސް ހިތާމައެއް ނެތި، އަދި ކަންތައްތައް ވެގެން ގޮސްފައިވާ ގޮތާމެދު އުފާވެ ޝުކުރުވެރިވަމޭ،" އޭނާ ބުންޏެވެ. އަދި އިތުރަށް ބުނެފައިވަނީ ދިރިއުޅުމުގައި ކުރިމަތިވާ ހުރިހާ ތަޖުރިބާތަކަކުން ވެސް އޭނާއަށް އައު އެއްޗެއް ދަސްވެ، އޭނާގެ ދިރިއުޅުން ބައްޓަންވެގެންދާ ކަމަށެވެ.

ފަހަކަށް އައިސް އޭނާގެ ބައްޕަ އަނިލް މެހްތާ މަރުވުމާއި ގުޅިގެން، މަލައިކާ ވަނީ ހިތްވަރާއި ހަމަޖެހުން ހޯދުމާ ބެހޭގޮތުން ވެސް ވާހަކަދައްކާފައެވެ. އޭނާ ބުނެފައިވަނީ އޭނާގެ ރައްޓެހިންނާއި، އާއިލާ އަދި މަސައްކަތަކީ އޭނާގެ ދިރިއުޅުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަންތައްތަކެއް ކަމަށެވެ. އަދި އޭނާގެ ވަށައިގެންވާ މީހުން އޭނާއަށް އެހީތެރިވަނީ ރަނގަޅު މަގުގައި ހުރުމަށް ކަމަށް ވެސް ބުނެފައިވެއެވެ.

މަލައިކާ އިތުރަށް ފާހަގަކޮށްފައިވަނީ ކަރީނާ ކަޕޫރް ހާން، ކަރިޝްމާ ކަޕޫރް އަދި އޭނާގެ ދައްތަ އަމްރިތާ އަރޯރާ ހިމެނޭ އަންހެން ރައްޓެހިންގެ ގްރޫޕަކާ ނުލައި އޭނާއަށް ނޫޅެވޭނެ ކަމަށެވެ.

މަލައިކާގެ ބައްޕަ އަނިލް މެހްތާ މަރުވީ މުންބާއީގައި ހުރި އޭނާގެ އިމާރާތުގެ 6 ވަނަ ފަންގިފިލާއިން ފުންމާލައިގެން ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. އެ ވަގުތު މަލައިކާ ހުރީ މުންބާއީން ބޭރުގައެވެ. އޭނާ ވަގުތުން މުންބާއީއަށް އައިސް މަންމަގެ އަރިހަށް ދިޔައެވެ. މި ދަނޑިވަޅުގައި، ދެ ތަރިން ވަކިވުމުގެ އަޑުތައް ފެތުރެމުން ދިޔަ ނަމަވެސް، އަރްޖުން ކަޕޫރް ވަނީ މަލައިކާގެ ކަރިރީގައި ހުރެ އެހީތެރިވެފައެވެ. އޭނާ މަލައިކާގެ ގެއަށް ގޮސް ހަމްދަރުދީ ފާޅުކުރުމުގެ އިތުރުން ޖަނާޒާގައި ވެސް ބައިވެރިވިއެވެ.

މި ހުރިހާ ކަމަކާ އެކުވެސް، މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރްގެ ގުޅުން މިހާރު އޮތް ގޮތާ މެދު ސުވާލު އުފެދިފައިވާއިރު، މި ދެ ތަރިން އަދި މިކަމާ ބެހޭގޮތުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް