ads
ވަޒީފާދޭ މީހާހެ އިހްމާލުން މަރުވެއްޖެނަމަ 1.4 މިލިއަންގެ ބަދަލެއް ދޭންޖެހޭ
ވަޒީފާގެ މާހައުލުގައި ވަޒީފާ ދިން ފަރާތުގެ އިހުމާލުން މުވައްޒަފެއްގެ ފުރާނަ ގެއްލިއްޖެ ނަމަ މަދުވެގެން 1.4 މިލިއަނަށް ރުފިޔާގެ ބޮޑު ބަދަލެއް ވާރިސުންނަށް ދޭން ޖެހޭ ގޮތަށް ގަވައިދުގައި ހިމަނައިފިއެވެ.
Advertisement

ލޭބަރ ރިލޭޝަންސް އޮތޯރިޓީން  އެކުލަވާލާ އަމަލުކުރަން ފެށި "މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަމުގެ ގަވާއިދު" ގައި ވަޒީފާއާ ގުޅިގެން ކުރާ މަސައްކަތަކުން މީހަކަށް ނުކުޅެދުންތެރިކަމެއް ލިބެއްޖެނަމަ ނުވަތަ މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ އެމީހަކަށް ބަދަލު ދޭނެ ގޮތުގެ އުސޫލުތައް ވަނީ ހިމަނައިފަ އެވެ.

އެ ގަވާއިދުގައި ބުނި ގޮތުގައި، މަސައްކަތުގެ މާހައުލުގައި ނުވަތަ މަސައްކަތާ ގުޅިގެން ނުވަތަ މަސައްކަތުގެ ސަބަބުން މީހަކަށް އަނިޔާއެއްވެ، ވަގުތީ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެ ނަމަ، އަދި މަސައްކަތްތެރިއެއްގެ ފުރާނަ ހިނގައްޖެ ނަމަ، ހަރަދުތަކާއި ގެއްލުމުގެ ބަދަލު އެ މީހަކަށް ނުވަތަ އެ މީހެއްގެ އާއިލާއަށް ނަގައިދެވޭނެއެވެ.

އެ ގަވާއިދުގައިވާ ގޮތުން މަސައްކަތުގެ މާހައުލުގައި ނުވަތަ މަސައްކަތާ ގުޅިގެން ނުވަތަ މަސައްކަތުގެ ސަބަބުން މީހަކަށް އަނިޔާއެއްވެ، ވަގުތީ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެ ނަމަ، އަދި މަސައްކަތްތެރިއެއްގެ ފުރާނަ ހިނގައްޖެ ނަމަ، ހަރަދުތަކާއި ގެއްލުމުގެ ބަދަލު އެ މީހަކަށް ނުވަތަ އެ މީހެއްގެ އާއިލާއަށް ނަގައިދެވޭނެ އެވެ.

ވަޒީފާގައި ލިބޭ އަނިޔާއާ ގުޅިގެން ނަގައިދެވޭ ބަދަލުތައް 

  •  ލިބޭ އަނިޔާއަކަށް ބޭސްފަރުވާގެ ހަރަދު
  • ފަރުވާކުރަން ޖެހުމުން ވަޒީފާއަށް ނުނިކުމެ ހޭދަވާ ދުވަސްތަކަށް ލިބިދެވޭ އުޖޫރަ
  • މަސައްކަތުގެ މާހައުލުން ލިބޭ ވަގުތީ ނުކުޅެދުންތެރިކަމަށް ލިބިދެވޭ ބަދަލު
  • މަސައްކަތުގެ މާހައުލުން ލިބޭ ދާއިމީ ނުކުޅެދުންތެރިކަމަށް ލިބިދެވޭ ބަދަލު
  • މަސައްކަތްތެރިޔާގެ ފުރާނަ ހިނގައްޖެ ހާލަތެއްގައި ލިބިދެވޭ ގެއްލުމުގެ ބަދަލު

ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވާ މަސައްކަތްތެރިއަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭނެ އެންމެ މަތީ އަދަދަކީ 19 މިލިއަން ރުފިޔާއެވެ. އެންމެ ދަށް އަދަދަކީ 1،260،000 ރުފިޔާއެވެ. އަދި މި ފަދަ މީހަކަށް ގެއްލުމުގެ ބަދަލު މަދުވެގެން 10 އަހަރަށް ނަގައިދޭން ޖެހޭކަމަށް ގަވައިދުގައިވެއެވެ. ބަދަލު ދޭ މިންވަރުގެ ކަނޑައެޅުމުގައި މީހާގެ އުމުރާއި ނުކުޅެދުންތެރިކަމުގެ ނިސްބަތާއި އެހެނިހެން ބައެއް ކަންކަމަށް ބަލަން ގަވަައިދުގައި ވަނީ ހިމަނާފައެވެ. 

ވަޒީފާ އަދާކުރާ މަސައްކަތެއްގެތެރޭގައި މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ އެކަމަކީ މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލެއް ނެތި ދިމާވި ހާދިސާއެއްނަމަ، ބަދަލެއްގެ ގޮތުގައި 5 ލައްކަ ރުފިޔާއަށް އެދެވޭނެއެވެ. ވަޒީދާ ދިން ފަރާތުގެ އިހުމާލެއްގެ ސަބަބުންމުވައްޒަފެއްގެ ފުރާނަ ހިނގައްޖެ ނަމަ، ބަދަލެއްގެ ގޮތުގައި އެއް މިލިއަން ރުފިޔާ ވާރިސުންނަށް ދޭން ޖެހޭނެކަމަށް ގަވައިދުގައި ބުނެއެވެ. 

މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލުވެފައި އޮތް މިންވަރާއި މަސައްކަތްތެރިޔާގެ އުމުރާއި އޭނާގެ އުޖޫރައަށް ބަލައި، ބަދަލު ނަގައިދެވޭނެ އެންމެ ކުޑަ އަދަދަކީ 1.46 މިލިއަން ކަމަށް ގަވައިދުގައި ވަނީ ކަނޑައަޅާފައެވެ. އަދި ބަދަލު ނަގައިދެވޭނެ އެންމެ ބޮޑު އަދަދަކީ 15.4 މިލިއަން ކަމަށް ވެސް އެ ގަވާއިދުގައި ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް