ބޮލީވުޑްގެ މަޝްހޫރު ތަރި އައިޝްވަރިޔާ ރާއި ބަޗަން އަކީ އަމިތާބް ބަޗަން އަދި ޖަޔާ ބަޗަން ގެ ޅީދަރިފުޅެވެ. އަބީޝެކްއާ ކައިވެނިކުރީ 2007 ވަނަ އަހަރުއެވެ. މި ދެ މީހުންނަކީ އާރާދްޔާ ބަޗަންގެ މައިންބަފައިންނެވެ. ނަމަވެސް، މިހާރު މި ދެ މީހުން ވަރިވުމުގެ އަޑުތަކާ ގުޅިގެން މީޑިއާގެ ބޮޑު ސަމާލުކަމެއް ވަނީ އެމީހުންނަށް ލިބިފައެވެ.
މި ބަސްތައް މިހާރު އަނެއްކާވެސް ސަމާލުކަން ލިބެމުންދަނީ އައިޝްވަރިޔާ އަދި އަބިޝެކްގެ ވަރިވުމުގެ އަޑުތަކާ ގުޅިގެންނެވެ. ނަމަވެސް، މި ވަގުތާ ހަމައަށް މި ދެ މީހުންގެ ފަރާތުން މިކަމާ ގުޅޭ އެއްވެސް ބަޔާނެއް އާންމުކޮށްފައެއް ނުވެއެވެ. އަދި ދެ މީހުންގެ ގުޅުން އަލުން ރަނގަޅުވާން ފަށައިފައިވާކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. މިގޮތުން އައިޝްވާރިއާ އަލުން އޭނާގެ ކައިވެނީގެ އަގޮއްޓިވެސް ވަނީ އަލުން އަޅަން ފަށާފައެވެ.