ads
އޯޝަނިކް ވައިޓް ޓިޕް ޝާކް
އޯޝަނިކް ވައިޓް ޓިޕް ޝާކް ހިމާޔަތް ކުރަނީ: މިނިސްޓްރީ
ރާއްޖޭގައި އޯޝަނިކް ވައިޓް ޓިޕް ޝާކް ހިމާޔަތްކުރުމަށް މިނިސްޓްރީން ހުށަހަޅާފައިވާ ޕްރޮޕޯސަލް ކާމިޔާބު ކުރެވުނު ކަމަށް އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
Advertisement

އިއްޔެ އެންވާރަމަަންޓް މިނިސްޓްރީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ އޯޝަނިކް ވައިޓްޓިޕް ޝާކް ހިމާޔަތްކުރުމަށް ސައިޓީސް (ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ) އަށް ހުށަހެޅި ޕްރޮޕޯސަލް މިހާރު ވަނީ ކާމިޔާބު ވެފައި ކަމަށެވެ.

ތޯރިގް ވިދާޅުވީ ސައިޓީސްއިން ބާއްވާ ދެންއަންނަ ބޮޑު ބައްދަލުވުމުގައި އެކަމުގެ އިތުރު މަސައްކަތްތައް ކުރިއަށް ދާނެ ކަމަށެވެ.

ސައިޓީސް އަކީ 2013 ވަނަ އަހަރުު ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެކެވެ. މި މުއާހަދާގެ ޖަދުވަލުތަކުގައި ލިސްޓުކޮށްފައިވާ ދިރުން ތަކާއި ތަކެތިި ރާއްޖެއަށް އެތެރެކޮށް ބޭރުކުރެވޭނީ މުއާހަދާގެ ދަށުން ކަނޑައެޅިފައިވާ ހުއްދަ ތަކާއިއެކުގަ އެވެ.

ރާއްޖޭއްގައި އޯޝަނިކް ވައިޓް ޓިޕް ޝާކް އުޅޭ ތަނެއްގައި ގޮތުގައި ފާހަގަވެފައިވަނީ އެންމެ ތަނެކެވެ. އެއީ ފުވައް މުލަކެވެ.

ބޮޑުވުމުން އާންމުގޮތެއްގައި ބަރުދަނުން 92 ކިލޯ ހުންނަ ވައިޓް ޓިޕް ޝާކް އުޅޭނީ  ހޫނު ކަނޑުތަކުގަ އެވެ.

ދާދިފަހުން އެންވާރަަމަނޓް މިނިސްޓްރީން ވަނީ ތިމާވެށީގެ ގާނޫނުގެ ދަށުން ވޭލް ޝާކް ހިމާޔަތްކޮށް، ވޭލްޝާކްއާ ގުޅޭ ގައިޑްލައިންތައްވެސް ޝާއިއުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް