ads
އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވާހަކަ ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް
ވެދާ ރާޑާ މަރާމާތުކޮށް، އިތުރު މެޓް އޮފީހެއް އަޅާ ނެޓްވޯކް ފުޅާކުރަނީ
ވެދާ ރާޑާ މަރާމާތުކުރުމާއި، އިތުރު މެޓް އޮފީހެން އެޅުމުގެ މަސައްކަތާއި ، މުސޫން ދެނެގަނެވޭނެ ނެޓް ވޯކް އިތުރަށް ފުޅާކުރަން މަސައްކަތްތަކެއް ކުރަމުންދާ ކަަމަށް އެންވަޔަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު ތޯރިގް މިމަސައްކަތްތަކާ ގުޅޭ މައުލޫމާތު ދެއްވީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ވެދާ ސްޓޭޝަންތައް އަޕްގްރޭޑްކުރުމާއި ރާއްޖޭގައި އިތުރު މެޓް އޮފީހެއް އެޅުމުގެ މަސައްކަތް މިނިސްޓްރީން މިވަގުތު ކުރަންމުން އަންނަ ކަަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ލައިޓިން ޑިޓެކްޝަން ނެޓްވޯކްއެއް ރާއްޖޭގައ ގާއިމްކުރެވިފައި ވާކަމަށެވެ. އެގޮތުން އެ ނެޓްވޯކް ފުޅާކުރުމަށް މިނިސްޓްރީން މިހާރު ބަލަނީ ހޮނު، ވިދުވަރު ދޭއިރު ލޮކޭޝަންތައް ރާއްޖޭގެ އެކި ހިސާބުތައްކަމަށެވެ.

"އެހެންކަމުން ގަޑިއާ ލޮކޭޝަންއާ އެއްކޮށް، އޭގެ ބަރުމިނާ އެއްކޮށް ރިކޯޑް ކުރެވިގެން ދާނެ، މި ޑާޓާބޭސް 1 އަހަރު ދުވަހު ނުވަތަ ދޮޅު އަހަރު ދުވަހު ޑޭޓާ ބޭސް ނެގުމަށްފަހު ޕްރެޑިކްޝަން މީގެން ހެދޭނެ، އޭރުން ފަލައިޓުން ދަތުރު ކުރާއިރުވެސް ދަތުރު ކުރާއިރު އެވޮއިޑް ކޮށްގެން މަސައްކަތް ކުރެވޭވަރަށް ޑިވެލޕް ކުރެވިގެން ދާނެ" މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.

ރާއްޖޭގައި 48 ތަނެއްގައި އޮޓޮމެޓިކް ވެދާ ސްޓޭޝަންސްތައް ގާއިމްކުރެވިފައިވާކަން ފާހަގަކޮށްށް ތޯރިގް ވިދާޅުވީ މި ސަރުކާރުން އާއިރު 26 އެތި ވަނީ ހަލާކުވެފައިކަމަށެވެ. އަދި މިސަރުކާރުން އައިސް 12 ސްޓޭޝަން މާރާމާތުކޮށް ނިންމާފައިވާކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން މިނިސްޓްރީން މިހާރު މަސައްކަތް ކުރަމުން ދަނީ  އިމްޕެކްޓް ބޭސްޑް ވެދާ ފޯކާސްޓެއް ތައާރަފްކުރުމުގެ މަސައްކަތް ކަމަށް ތޯރިގް ވިދާޅުވި އެވެ.

"މިހާރު ފެންނާނެ މެތް އޮފީހުން އަރާ ފޮކާސްތް ކުރާއިރު ވާރޭ އަންނާނެކަމަށް ނޫނީ މޫސުން ގޮސްވާނެކަމަަށް، މި އިމްޕެކްޓް ބޭސްގައި އެއަށްވުރެއް ބޮޑަށް އެ މަސައްކަތް ކުރަން ބޭނުންވަނީ މިސާލަކަށް ކޮޅިގަނޑެއް އައިއްސިޔާމުން ވިލާގަނޑެއް އައިއްސި ކަަމަށްވާނަމަަ އޭގެ ސަބަބުން ކޮންކަހަލަ ގެއްލުމެއްތޯ އެ ސަރަހައްދަކަށް ވާނީ އުދަ އަރާނެ ތޯ ރާޅު އަރާނެތޯ، އިމްޕެކްޓް ވާނީ ކޮން ރަށެއްގެ ކޮން ހިސާބަަކަށް ތޯ، އެދިމާލަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ" ތޯރިގް ވިދާޅުވި އެވެ.

ކުރިއަށް އޮށް ދޮޅު އަހަރު ތެރޭ އެކަން ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރަމުން ދާނެކަމުގެ ޔަގީންކަންވެސް މިނިސްޓަރު ތޯރިގް ވަނީ ދެއްވާފަ އެވެ.

އޭގެ އިތުރުން މިނިސްޓަރު ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ހުޅުމާލޭގައި ހުންނަ ޑޮޕްލާ ވެދާ ރާޑަރު މަރާމާތުނުކޮށް ހުރުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ރަޑަރު މަރާމާތު ކުރިގޮތުގެ ތަފްސީލެއްވެސް މިނިސްޓަރުގެ ވަނީ ދެއްވާފަ އެވެ.

"މޫސުން ކުރިއަށް ލަފާ ކުރާގޮތް، މެޓް އޮފީހުގައި ބަހައްޓާފައި ހުރި ޑޮޕްލާ ވެދާ ރާޑާ، ތިބޭފުޅުންނަށް ފެންނާނެ ހުޅުމާލެއަށް ވަޑައިގަންނަނވާއިރު ބްރިޖުން ދާއިރު ފެންނަ ރާޑާ އަކީ ޑޮޕްލާ ވެދާ ރާޑާއެއް، މި ރަޑާ އަކީ މިރީޖަންގައި ވެސް ހުރި މަދު ރާޑާތަކުގެ ތެރެއިން ރާޑާއެއް، އެހެންނަަމަވެސް މިދިަޔަ 2013 އިން 2018 އަށް އަޅުގަނޑު މިނިސްޓްރީގައި ހުރިއިރު، މީތި ހަލާކުވެފައި ހުރީމާ އެއިރު ހަދާފައި ހުންނާނީ،، ހަދާގެން މަސައްކަތް ކުރަމުން ގޮސް، އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ 2022 ވަނަ އަހަރުގައި އަނެއްކާވެސް ހަލާކު ވިގޮތަށް އެއްވެސް ގޮތަކަަށް ބޭނުން ނުކުރެވެ ހުރީ" މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު އަނެއްކާވެސް ވާނީ މި ވެދާ ރާޑާ އޮޕަރޭޝަނަށް ގެނެވިފައިކަމަށައި ވޭދުވެ ދިޔަ 8 މަސް ދުވަސް ތެރޭގައި މަސައްކަތް ކުރަމުން ގޮސް މީގެ ހަފްތާއެއް ހާ ދުވަސް ކުރިން އެ ވެދާ ރޭޑާ ވަނީ އޮޕަރޭޝަނަށް ގެނެވިފައި ކަމަަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ޑޮޕްލާ ވެދާ ރާޑަރުން މޫސުމަށް އަންނަ ޝޯޓް ޓާމް ވެދާ ޕްރެޑިކްޝަންސްތައް ވަރަށް ގާތުން ވަރަަށް އެކިއުރޭޓްކޮށް ލިބިގެންދާކަމަށް މިނިސްތަރު ވިދާޅުވި އެވެ.

"ރާއްޖެއަށް ޖައްސަން އަންން މަތިންދާ ބޯޓާ، މާލެ ސަރަހައްދުގައި ،ރާއްޖޭ އެއްކޮށް ކަވާ ކުރޭ އޭގެން 200 މައިލްސް ރޭޑިއަސްއެއް އެއީ އެހެންވީމާ އެ އޭރިއާ، ޝޯޓް ޓާމްކޮށް ގާތް ގަނޑަކަށް 2 ގަޑީރާ 15 މިނެޓު މިދޭތެރޭގައި ވައި އަންނާނެ ބާރު މިނާ އޭގެ އޭންގަލްއާ، ވިލާގަނޑު ތެރޭގައިވިއްސާރަ ހުރިވަރާ މިހުރިހާ އެއްޗެއް ދެނެގަނެވޭނެ ވަރުގެ ރާޑާއެއް މީ" މިނިސްޓަރު ވިދާޅުވި އެވެ.

މި ރާޑާއަކި އޭވިއޭޝަން އަށްވެސް ވަރަށް މުހިއްމު އެއޗެއް ކަަމަށާއި ހަލާކުވެފައި ހުރުމުން މިސަރުކާރުން މިހާރު ވަނީ  އޭތި މަރާމާތުކޮށް އަލުން އޮޕަރޭޝަނަށް ގެނެވިފައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް