ads
ފޮޓޯ: ސަސްޓް މީމް.ކޮމް
ފުރަތަމަ ސޯލާ ފެރީ މިއަހަރު ތެރޭ ރާއްޖެއަށް ގެންނަނީ
ފުރަތަމަ ސޯލާ ފެރީ މިއަހަރު ތެރޭ ރާއްޖެއަށް ގެންނަން ނިންމަން ހަމަޖެހިފައިވާކަަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު މިކަން ހާމަ ކުރީ އިއްޔެ ރައީސް އޮފީހުގައި އެ މިނިސްޓްރީން ބޭއްވި ނޫސްވެރިނަގެ ބައްދަލުވުމުގެ ތެރެއިންނެވެ.

އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށް ،އަޖުމަ ބެލުމުގެ ގޮތުން މިނިސްޓްރީން މިވަގުތު ދަނީ ބައިވަރު މަސައްކަތް ކުރަމުން ކަމަށާއި އޭގެ ތެެރޭގައި ސޯލާ ފެރީގެ މަސައްކަތްވެސް ކުރިއަށްދާކަމަަށް ތޯރިގް ފާހަގަކުރެއްވި އެވެ.

"ސޯލާ ފެރީ މިހާރު ވަނީ ބަނދެ ނިމިފައި ،މިއަހަރު ނިމޭއިރު ރާއްޖެއަަށް އެ ސޯލާ ފެރީ ގެނެވޭނެ، އެމަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށް އެބަދޭ" މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.

އަޖު ބެލުމަށް އެންވާރަމަންޓް މިނިސްޓްރީން ކުރިއަށް ދާ އެހެން މަޝްރޫއުތަކުގެ ތެރޭގައި:

  •  100 ކިލޯ ވޮލްޓްގެ ވައިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް
  •  25 ކިލީ ވޮލްޓްގެ ކަނޑުގެ އޮއިވަރުން ކަރަންޓު އުފައްދާ ނިޒާމެއް ގާއިމް ކުރެވޭނެ
  •  4 ރަށެއްގައި ސޯލާ އެސިސްޓަޑް ކޮމިއުނިޓީ އައިސް ޕްލާންޓް ބެހެއްޓޭނެ،، އެގޮތުން 2 ރަށެއްގައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށް ދޭ

އޭގެ އިތުރުން 4 ރަށެއްގައި ދަނޑުވެރިކަމަށް ސޯލާ އިރިގޭޝަންގެ ނިޒާމެއް އަޖުމަ ބެލުމުގެ ގޮތުން ކުރުމަށް ނިންމާފައިވާކަމަށްވެސް ތޯރިގް ފާހަގަކުރެއްވި އެވެ.

އެކި މަރުހަލާތަކުގެ ތެރޭގައި ކުރިއަށްދާ މަޝްރުއުތަަކަަށް ބަލާއިރު މިވަގުތު ރާއްޖޭގެ 101 ރަށުގައި 164 މެގަ ވޮލްޓްގެ ސޯލާ އިންސްޓޯލްކުރުމުގެ މަސައްކަތް އެކި މަރުހަލާތަަކަށް ބަހާލައިގެންކުރިއަށް ދާކަމަަށްވެސް ތޯރިގް ފާހަގަ ކުރެއްވި އެވެ.

ހުޅުމާލޭގައި "ލޯ އެމިޝަން ޓްރާންސްޕޯޓް ޕްރޮޖެކްޓް"ގެ ނަމުގައި ބައިކް ޝެއަރިން ސްކީމެއް ފަށަން ތައްޔާރުވެފައިވާކަމަށްވެސް ތޯރިގް ވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ. 

މި ސްކީމްގައި 100 ބެޓެރި ބައިސްކަލް ބޭނުންކުރާނެ އެވެ. އަދި، މި ބައިސްކަލްތައް ސޯލާ ހަކަތައިން ޗާޖުކުރެވޭގޮތަށް، ސޯލާ ޗާޖިން ސްޓޭޝަންތައް ވެސް ހުޅުމާލޭގައި ގާއިމްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް