ވެމްކޯއިން ތަށި ދިފާއު ކުރީ ރޭ ކުޅުނު ފައިނަލްގައި އާރުއާރުސީ ބަލިކޮށްގެނެވެ. ފައިނަލުގައި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އަތުން މޮޅުވީ 4-1 އިން ނެވެ.
މި ދިޔަ އަހަރުވެސް ފައިނަލް ކުޅުނީ ހަމަ މި ދެ ޓީމެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ، ވެމްކޯގެ އަލީ ރިޒާ އެވެ. ކިންގް އޮފް ފުޓްސަލް އަށް އެ ޓީމުގެ އަބްދުﷲ ޖުނައިދު (ޖެންނޭ) ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ އެ ޓީމުގެ އަހުމަދު ތޯހާ އެވެ.
އެންމެ އުންމީދީ ކުޅުންތެރިއަކީ މޯލްޑިވިއަންގެ އަހުމަދު އަފްލާޒް އެވެ. ފެއާ ޕްލޭ ޓީމަކަށް ދިވެހި ސިފައިންގެ ކްލަބް ހޮވުނުއިރު، ފެއާ ޕްލޭ ކުޅުންތެރިއަކީ ސްޓެލްކޯގެ އަހުނަފު ރަޝީދު (އަހުއްކޮ) އެވެ.
ޑްރީމް ޓީމުގައި ހިމެނެނީ، ވެމްކޯގެ ޝިޔާ، ޖެންނޭ އަދި ކީޕަރު އަބްދުﷲ ޒިމާމްގެ އިތުރުން، އާރްއާރްސީގެ އަލީ ހާފިޒް (ހާއްޕެ) އާއި ބިޗަޑް އެވެ. މުބާރާތުގައި 10 ގޯލު ޖަހައިގެން، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ އާރްއާރްސީގެ ބިޗަޑް އެވެ.
އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް މި ފަހަރު ވެސް ހޮވުނީ އާރްއާރްސީ އެވެ.