ކާވާ މުބާރާތުގެ ދެވަނަ މެޗުންވެސް ސީނިއާ ޓީމު ބަލިވެއްޖެ
ސްޕޯޓްސް ޓީމް
20 އޮކްޓޯބަރ 2024 - 06:48:08
ކާވާ މުބާރާތުގެ ދެވަނަ މެޗުންވެސް ދިވެހި ސީނިއާ ވޮލީ ޓީމު ބަލިވެއްޖެއެވެ.
އުޒްބެކިސްތާންގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ދެވަނަ މެޗުގައި ރާއްޖެ ބަލިވީ ތުރުކުމެނިސްތާން އަތުން ތިން ސެޓު ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 18-25، 25-23، 25-21، 15-25، 8-15 އިންނެވެ.
މި ނަތީޖާއާ އެކު، މުބާރާތުގެ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު، ބާކީ އަދި ތިން މެޗު އޮއްވާ ރާއްޖެ އަށް ގެއްލުނީ އެވެ. ރާއްޖޭން ކުޅޭ ތިން ވަނަ މެޗުގައި ކުޅޭނީ އަފްގާނިސްތާނާ އެވެ. ހަތަރު ވަނަ މެޗުގައި އަންގާރަ ދުވަހު އުޒްބެކިސްތާނާ އިރު ފަހު މެޗުގައި، ބުދަ ދުވަހު ކުޅޭނީ ތަޖިކިސްތާނާ އެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ކިރްގިސްތާންއާ ދެކޮޅަށް ރާއްޖެއިން ކުޅުނުއިރު، އެ މެޗުން ރާއްޖެ ބަލިވީ, ސީދާ ތިން ސެޓުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް