ads
ފުލުހުން މަގުމަތި ބަލަހައްޓަނީ
ސަލާން ޖަހަން ތިބި ޑުރަގު ކުދިން މަގުތަކުން ނަގާ ސެންޓަރަށް
ސަލާން ޖަހަން ތިބޭ މަސްތުވާތަކެތި ބޭނުންކުރާ މީހުން ނަގާ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރަސް ގެންގޮސްފައިވާކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ބުނެފިއެވެ.
Advertisement

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާއިން ބުނީ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކޮށްގެން އުޅޭ މީހުންނާއި ސަލާން ޖަހަން ތިބޭ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ހިމެނޭ ގޮތަށް 14 މީހަކު މިހާތަނަށް ނަގާފައިވާކަމަށެވެ. އަދި އެމީހުން ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރަށް ގެންގޮސް ފަރުވާ ފެށިގެން ކުރިޔަށް ދާކަމަށް އެންޑީއޭއިން ބުނެއެވެ. 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޑްރަގް އޭޖެންސީ ބޯޑުގެ ޗެއާމަން ލުބްނާ މުހައްމަދު ޒާހިރު ވިދާޅުވީ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއް ހިންމަފުއްޓާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާކަަމަށެވެ. މިތަނުން ހިންމަފުއްޓަށީ މަރުކަޒު ޖުލައިގައި ބޭނުންކުރަން ފަށާފައިވާއިރު ހުޅުމާލެ ސެންޓަރު ބޭނުން ކުރަން ފެށީ ދާދި ފަހުންކަމަށް ލުބްނާ ވިދާޅުވިއެވެ. 

ލުބްނާ ވިދާޅުވީ މި ސެންޓަރުތަކުގައި މަސްތުވާތަކެތިން ނުކުތުމަށް ދޭން ބޭނުންވާ ފަރުވާތައް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ.

އެންޑީއޭއިން ބުނީ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކޮށްގެން އުޅޭ މީހުންނާއި ސަލާން ޖަހަން ތިބޭ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ނެގުމަށް ފުލުހުންގެ ޑްރަގް ފޯސް ޑިޕާޓްމެންޓާއި ގުޅިގެން ރިމާންޑް އޮޕަރޭޝަަން ނަމުގައި އޮޕަރޭޝަނެއް ކުރިޔަށް ގެންދާކަމަށެވެ. 

ފުލުހުންގެ ޑްރަގު އެންފޯސްމެންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ނާހިދު ވިދާޅުވީ، މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ތެރޭގައި އުޅޭ މީހުން ފަރުވާގެ ނިޒާމްގެ ތެރެއަށް ވެއްދުމަށްޓަކައި ގާނޫނުގެ ތެރެއިން ބަންދުކޮށްގެން  ފަރުވާއަށް ޑްރަގް އޮފެންޑް ރިމާންޑް ސެންްޓަރަށް ގެންދިޔުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް