މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުނުގައި ވާހަކަދައްކަވަމުން އެންޑީއޭގެ ސީއިއޯ ރާޝިދު ވިދާޅުވީ މިވަގުތު ރާއްޖޭގައި އާންމުވަމުން އަންނަ މަސްތުވާތަކެތީގެ ބާވަތްތަކަށް ބަލާއިރު ސިންޓެޓިކް މަސްތުވާތެކެތީގެ ބާވަތް ގިނަ ވުމުގެ ސަބަބުން ، އެންޑީއޭ އާ ހަަމައަށް ފަރުވާއަށް އަންނަ ގިނަ މީހުންނަކީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިފައި ތިބި ކުދިން، ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެއީ ވަަރަށް ކަންބޮޑުވާކަމެެއް ކަމަށާއި، އެއީ ޑްރަގް އިންޑިއުސްޑް ސައިކޯސިސް ނުވަތަ އެ ބޭނުން ކުރެވޭ މަސްތުވާތަކެތީގެ ސަބަބުން އަންނަ ނަފްސާނީ ބަލިމަޑުކަމެއް ކަމަށް ރަޝީދު ވިދާޅުވިއެވެ.
ވަަރަށް ގިނަ ފަަހރު ޑްރަގް އެޑިކްޓުންގެ ފަރާތުން ނަފްސާނި ބަލިމަޑުކަން ވަރަށް ފެންނަ ކަމަށް ފާހަގަކޮށް ރަޝީދު ވިދާޅުވީ އެއީ ފަރުވާ ދިނުމުގެ ނިޒާމަށް އޮތް ވަަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
އެގޮތުން އެންޑީއޭގެ ފަރުވާ ދިނުމުގެ ނިޒާމު ބައްޓަން ކުރެވިފައި އޮތީ މަސްތުން ސާފުކޮށް އެކުދިން މުޖްތަމައުއަށް ރީ އިންޓެގްރޭތް ކުރުމަށް ކަމަށްވީނަަމަވެސް އެންޑިއޭއިން އަސާސި މަސައްކަތެއްގެ ގޮތުގައި ފުރަތަަމ ކުއްޖާއަށް ނަފްސާނި ގޮތުން ފަރުވާ ދޭން ޖެހޭ ހާލަަތަށް އަންނަކަަމަށް ރަޝީދު ވިދާޅުވިއެވެ.
އޭގެތެރޭގައި ރެސިޑެންޝިއަލް ޕްރޮގްރަމްގެ ގޮތުގައި ސެންޓަރުގައި ތިބެގެން ފަރުވާ ނަގާ ކުދިންނާއި ، މުޖްތަމައުގެ ތެރޭގައި ތިބެގެން ފަރުވާ ނަގާ ކުދިން ، އަދި އޭގެ އިތުރަށް ބޭސް ދެވިގެން ފަރުވާ ދެވޭ ކުދިން ހިމެނޭކަަމށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރަޝީދު ފާހަގަކުރެއްވިއެވެ.
އެންޑީއޭގެ ހިދުމަތްތައް، ހާއްސަކޮށް ފަރުވާގެ ހިދުމަތްތައް ދުވަސްތަކަށް އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައި ކަަމަށާއި، ހާއްސަކޮށް ކުދިންނަށް ދޭން ޖެހޭ މުހިއްމު ބައިތަކެއް ކުރިއަށް ނުގެންދެވިފައި ހުރިކަން ރަޝީދު ވިދާޅުވިއެވެ.
އެހީތެރިކަން ފޮރުކޮށްދޭން ޖެހޭ ވަަރަށް ގިނަ ކުދިން ތިބި ނަަމަވެސް އެންޑިއޭގެ ހިދުމަތް ފޯރުކޮށްދެވެން ނުވަަަތަ އެކަން ކުރަން ތިބި މީހުގެ އަދަދު ވަރަށް މަދު ކަމަށް ފާހަގަކޮށް ސީއީއޯ ރަޝީދު ވިދާޅުވީ ފެސިލިޓީތައްވެސް ވަނީ މިވަގުތަށް އެންމެ ރަނގަލަށް އިކުއިއޕް ކުރެވިފައެއް ނޫން ކަަމަށް ރަޝީދު ވިދާޅުވިއެވެ.
އެ ގޮންޖެހުންތަކުގެ ތެރެއިންވެސް ތެރެއިން ހާއްސަކޮށް ބޭރުގެ ރިސޯސާސްތައްވެސް ބޭނުންކޮށްގެން، ވޮލަންޓިއާކޮށް އެންޑިއޭއަށް ހިދުމަަތް ކުރައްވަން ބޭނުންވާ ފަރާތަތްތަކުގެ އެހީތެކަމާވެސް އެކު މިއަދު އެންޑީއޭގެ އެކި ސެންޓަރުތަކުން ފަރުވާ ނަގާ ކުދިންނާއި މުޖްތަމައުގެ ތެރޭގައި ތިބެގެން ފަރުވާ ނަގާ ކުދިންނަށް ތަފާތު ސައިކޯ ސޯޝަލް ޕްރޮގްރާމްތައް އެބަ ކުރިއަށް ގެންދެވޭ ކަަމަށް ރަޝީދު ވިދާޅުވިއެވެ. އަދި އެކަން ކާމިޔާބުވުމުގެ މަގު ވެސް ދަނީ ފެންނަމުން ކަަމަށް ރަޝީދު ފާހަަގކުރެއްވިއެވެ.