ހޭންޑްބޯލް މޯލްޑިވްސްއަކީ ސްޕޯޓްސް އެވޯޑްގައި އެއްވަނަ އެސޯސިއޭޝަންގެ ގޮތުގައި ހޮވުނު އެސޯސިއޭޝަނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެސޯސިއޭޝަނުން އަންވަރުގެ މައްސަލައެއް ބަލަން ފަށައި އޭނާވަނީ މަގާމުން ވަކިކޮށްފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަންވަރާ ގުޅޭގޮތުން، އެސޯސިއޭޝަނުން ބަލަމުން އަންނަނީ، އެސޯސިއޭޝަން ގެ ފައިސާ އަށް، ހިޔާނާތްތެރިވި މައްސަލައެކެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު، އަންވަރު މަގާމުން ވަކިކުރަން ނިންމާފައިވަނީ، މީގެ ހަފްތާއެއް ކުރިން ކަމަށްވަޏީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް މި ކަމާ ގުޅޭ ގޮތުން އަންވަރު ވާހަކަ ދައްކާފައެއް ނުވެއެވެ.