ފުލުހުން ބުނީ މިކަން ހިނގާފައިވަނީ ސައުތް ސެންޓްރަލް ޕޮލިސް ، މ، ފ، ދ، ތ އަދި ލ އަތޮޅު ގައި ހިމެނޭ ރަށެއްގައި ކަަމަށެވެ.
އެގޮތުން އެ ރަށުގައި ސްކޫލް ފިރިހެން ޓީޗަރެއް ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކާ ، ގްރޫމް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެެއް މިމަހުގެ 17 ވަަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް އެ ފަރާތުން ބުނެއެވެ.
ކުޑަ ކުދިންނާ ގުޅޭ މައްސަލަ ތަކަކީ ސީރިއަސް މައްސަލަ ތަކަކަށް ވާތީ، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ފުލުހުންގެ އިދާރާއިން ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރާނެކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާކަަމަށް ފުލުހުން ބުނެއެވެ.