މައުލޫމާތު ލިބިފައިވާގޮތުގަިއ މި ހާދިސާ ހިނގީ މިއަދު ކަމަށް ފުލުހުން ބުނެއެވެ.
އެނގިފައިވާ ގޮތުގައި، މަރުވި އަންހެން މީހާއަކީ ގާތްގަނޑަކަށް 10 މީހުންގެ ގްރޫޕަކާ އެކު އެ ރިސޯޓަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު މީހެއްކަަމަށާއި އޭނާ ގެނބުނު ވަގުތު އިތުރު މައުލޫމާތެއް ލިބިފައެއް ނުވާ ކަަމަށް ފުލހުން ބުނެއެވެ.
ގެނބުނު ފަހުން އެ އަންހެން މީހާ ގެންދިޔައީ ވ. ފެލިދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ކަަމަށް ފުލުހުން ބުނެއެވެ.
މި މަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އައި ތިން ޓޫރިސްޓަކު ގެނބިގެން މަރުވެފައިވާކަން ފާހަގަކުރެވެ އެވެ. މީގެ ތެރޭގައި ހިމެނެނީ މި ބެލަރޫސް އަންހެން މީހާގެ އިތުރުން ޗައިނާގެ ދެ ޓޫރިސްޓުންނެވެ. މި ހާދިސާތަކާ ގުޅިގެން ރިސޯޓުތަކުގައި ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.