ދިލްޝާނާ ކުރިމަތިލާން ޖެހުނީ 8 މަސްވީ ރޯގައެކެވެ. ދިގުދެމިގެން ދިޔަ މިރޯގާގައި ދިލްޝާންއަށް ގޮތްނޭންގޭ އެތަކެއް ކަމެއް ދިމާވިއެވެ.
ރޯގާ ޖެހި، މޭގައި ރިއްސާ އެތަދު ނުފިލާތީ ފުރަތަމަ ދެއްކީ ހިތުގެ ޑޮކްޓަރަކަށެވެ. އެއީ ހިތުގެ މައްސަލައެއް ނޫންކަމަށް ޑޮކްޓަރު ބުނުމުން ދިލްޝާނާ އަނެއްކާ ވެސް އަވަސްވެގަތީ އެހެން ޑޮކްޓްރަކަށް ދައްކާށެވެ.
ދިލްޝާނާ ބުނިގޮތުގައި އޭނާގެ އުރަމަތީގައި ގަނޑުކޮޅެއްވެސް އިނުމާއެކު އެއީ އުރަމަތީގެ ކެންސަރުކަމަށް ލަފާކޮށް ދެން ދެއްކީ އޮފްރޭޝަން ޑޮކްޓަރަކަށް ކަަމަށާއި ، ޑޮކްޓަރަަށް ދައްކާ ސްކޭން ހެދުމުން އުރަމަތީ ކެންސަރު ޖެހިފައިނުވާކަމަށް ޑޮކްޓަރު އެންގިކަމަށް ދިލްޝާނާ ބުނެއެވެ.
ދުވަސްތަކެއް ވަންދެން މަޑު ކުރުމަށްފަހު ކިޑްނީ ޑޮކްޓަރު ދިން ރިކޮމެންޑޭޝަން ލެޓާ ހިފައިގެން ފުއްޕާމޭގެ ޑޮކްޓަރު ހަމަޖެހުމުން ދެން ދިޔައީ އެ ޑޮކްތަރަށް ދައްކަން ކަަމަށް ދިލްޝާނާ ބުނެއެވެ. އަދި ޑޮކްޓަރަށް ދައްކާ ޓެސްޓުތައް ހެދުމުން ޑޮކްޓަރު އެންގީ ވަގުތުން އެޑުމިޓްވުމަށް ކަމަށް ދިލްޝާނާ ބުނެއެވެ.
ވޯޑަށް ނެރުނު ތާ ދެވަނަ އަށް ވީދުވަހު ސީޓީ މެޝިންގައި ބާއްވައިގެން ބުރަކަށި ވާއަތް ފަރާތއ އަރިމަތިން 15 އިންޗި އާއި 18 އިންޗީއާ ދެމެދުގެ އިންޖެކްޝަނެއް ޖެހި ކަމަށާއި އިރުރުކޮޅާ ކަށި ވަންނަ ވަރު އޮބްސާވްކުރަމުން ސިސްޓާ ހަމަައަށް ކަށިގެންގޮސް، ސިސްޓުގެ ތެރެއިން ޑޮކްޓަރު ސާމްޕަލް ނެގިކަމަށް ދިލްޝާނާ ބުނެއެވެ.
އުމުރުން 40 ގެ އަހަރުުތަކުގައި ފުއްޕާމޭ ކެންސަރު ތަހައްމަލް ކުރަމުންދާ ދިލްޝާނާ އެދެނީ ހެޔޮ ދުއާ އާއި ދީލަތި އެހީތެރިކަމެކެވެ.
ދިލްޝާނާއަކީ އަމިއްލަ އަށް ވަޒީފައަށް ގޮސް އެކަނި ހުރިހާ ހަރަދުތައް ބަލަމުން އަންނަ މައެކެވެ. ފިރިމީހާ މިހާރު ދުނިޔޭގައި ނެތް އިރު ދިލްޝާންގެ ދެ ދަރިން ވެސް އޭނާ ބުރަމަސައްކަތާ އެކު ބަލަނީ ހަަމަ އަމިއްލައަށެވެ.
މިއަދުގެ ވަގުތެއްގައި ދިލްޝާނާ ވަނީ ރާއްޖެއިން ބޭރަށް، އިންޑިއާއަށް ފުރަން ހަަމަ ޖެހިފައެވެ. ދިލްޝާނާ ގެ ފަރުވާ ކާމިޔާބު ވާނެކަމަށް އެދި ހެޔޮ ދުއާކޮށް ދިލްޝާންއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ އެދެއެވެ.
ދިލްޝާނާއަށް އެހީވުމަށް:
- އާއިޝަތު ދިލްޝާނާ 7704263107101 (ރުފިޔާ) - (ބަލި މީހާ)
- އާއިޝަތު ދިލްޝާނާ 7730000684690 (ޑޮލަރު) - (ބަލި މީހާ)
އިތުރު މައުލޫމާތު ހޯދުމަށް: 9800558، 9443021
ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.