ads
ޖާންވީ ކަޕޫރު--
ޖާންވީގެ ނެށުމަކަށް ތައުރީފް އޮހެނީ
ކަރަންޓީންގެ މުއްދަތުގައި ޒުވާން ބަތަލާ، ޖާންވީ ކަޕޫރު އަންނަނީ އޭނާ އުޅޭ ނޫޅޭ ގޮތް ހިއްސާކުރަމުންނެވެ. އެގޮތުން މޭކަޕް ކުރުމާއި ކުރެހުމާއި އަދިވެސް އޭނާގެ ގެއްލިފައިވާ ގިނަ ހުނަރުތަކެއް އަންނަނީ ސަޕޯޓަރުންނަށް ދައްކަމުންނެެވެ.

އާއިލާއާއެކު ދިރިއުޅެމުން އަންނަ ޖާންވީ، އިޖުތިމާއީ ގައިދުރުކަމަށް ހާއްސަ އިސްކަމެއްދެމުން އައި ނަމަވެސް އަންނަނީ ނެށުމުގެ ކްލާސްތައް ވެސް ނަގަމުންނެވެ. 

ޖާންވީ ހިއްސާކުރި ވީޑިއޯއިން ފެނިގެންދަނީ އޭނާގެ ޓްރައިނަރާއެކު ނަށާ މަންޒަރެވެ. އެގޮތުން އައިޝްވާރިޔާ ރާއީގެ ފިލްމު، "އުމްރާއޯ ޖާން" ގައި ހިމެނޭ "ސަލާމް" މި ލަވަޔަށް ޖާންވީ ނަށާ މަންޒަރު ފެނިގެންދާއިރު އޭނާގެ ނެށުމުގެ ހުނަރަަށް ގިނަ ބަޔަކު ދަނީ ތައުރީފްކުރަމުންނެވެ. 

ދަޅަކްއިން ބޮލީވުޑަށް ތައާރަފުވި ޖާންވީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ގުންޖަން ސަކްސޭނާގެ ހަޔާތަށް ނެރޭ ފިލްމުންނެވެ. އޭގެ އިތުރުން "ދޯސްތާނާ 2" ކުންނާއި ކަރަން ޖޯހަރުގެ ތަހުތުން ވެސް އޭނާ ފެނިގެންދާނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް