ads
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ސަރުކާރުން ވައުދުވި 600 މިލިއަން ޑޮލަރުގެ ފައިނޭންސިން ނުލިބުނު: އަމީރު
ސަރުކާރުން ވައުދުވި 600 މިލިއަން ޑޮލަރުގެ ފައިނޭންސިން ނުލިބުނު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

އެމްޑީޕީގެ އިކޮނޮމިކް ކޮމިޓީން ބޭއްވި ޕްރެސްކޮންފަރެންސްގައި އަމީރު ވިދާޅުވީ، ސަރުކާރާ ހަވާލުވުމުގެ ކުރިން ޓްރާންސިޝަން މަރުހަލާގައި މި ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ދިން ކަމަށެވެ.

އަމީރު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓަށް 200 މިލިއަން ޑޮލަރު އަދި މި އަހަރުގެ ބަޖެޓަށް 400 މިލިއަން ޑޮލަރު ހޯދާނެ ކަމަށް ސަރުކާރުގެ ޓްރާންސިޝަން ކޮމިޓީން ކުރިން ބުނެފައިވެއެވެ. ނަމަވެސް މިހާރު މި ފެންނަނީ މުޅި ދުނިޔޭގައި ސިޓީ ހިފައިގެން ހިނގައިގެން އެއްވެސް ގައުމަކުން ފައިނޭންސިން ނުހޯދުނު މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަންނަ އަހަރުގެ ބަޖެޓަށް ބޭނުންވާ އެއް ވެސް ފައިސާއެއް ނުހޯދޭނެ،" ކަމަށް ވެސް އޭނާ ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، އިއުލާން ކޮށްގެން އަމިއްލަ ފަރާތަކުން ވެސް އެއްވެސް ފައިސާއެއް ނުލިބޭ ކަމަށެވެ. 

ސަރުކާރުގެ ފައިނޭންސިން ޕްލޭން ފެއިލްވުމުން، ޓެކްސް ބޮޑުކޮށްގެން ހަރަދުތައް ހަމަޖައްސަން ސިޔާސަތުތައް ބަދަލުކުރަން ނިންމި ކަމަށް އަމީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ހަރަދުތައް ކުޑަނުކޮށް ޓެކްސް ބޮޑުކުރުމާ އެމްޑީޕީން ދެކޮޅު ކަމަށާއި، އެގޮތަށް ކަންތައް ކުރިޔަސް އިގުތިސޯދަށް އަދި މާލީ ކަންކަން މެނޭޖުކުރުމަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

ވޯލްޑް ބޭންކުގެ މައުލޫމާތު ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 8.2 ބިލިއަން ޑޮލަރުގައެވެ. މިއީ ޖީޑީޕީގެ 116 އިންސައްތަ އެވެ. މީގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި އަކީ ބޭރުގެ ދަރަނިއެވެ. މީގެ ތެރެއިން ބޮޑު ބައެއް ދައްކަންޖެހެނީ ސަރަޙައްދީ ވާދަވެރިން ކަމުގައިވާ ޗައިނާ އަދި އިންޑިއާއަށެވެ. ޗައިނާއަށް 1.37 ބިލިއަން ޑޮލަރު އަދި އިންޑިއާއަށް 124 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް