ads
ފޮޓޯ: އެންވާރަމަންޓް މިނިސްޓްރީ
އެސްޑީއެމްއިން 5 މިލިއަން ގަސް މަޝްރޫއަށް 7 ލައްކައށް ވުރެ ގިނަ ގަސް
ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް ޕްރޮޖެކްޓުގެ ދަށުން ގަސް އިންދުމުގެ ހަރަކާތުގައި ސޯޝަލް ޑިމޮކްރެޓިކް އެސްޑީއެމް އިން ބައިވެރިވެ، 750,000 (ހަތްލައްކަ ފަންސާސްހާސް) ގަސް އިންދުމުގެ ޕްލެޖްގައި މިއަދު ސޮއިކޮށްފިއެވެ.
Advertisement

މި ޕްލެޖްގައި ސޮއިކުރި ރަސްމިއްޔާތު ބޭއްވުނީ މިއަދު އެންވާރަަމަންޓް މިނިސްޓްރީގައެވެ.

މި ރަސްމިއްޔާތުގައި އެސްޑީއެމްގެ އިސް ފަރާތްތަކާއި، 5 މިލިއަން ގަސް ޕްރޮޖެކްޓުގެ އިސްވެރިން ބައިވެރިވި ކަަމަށް އެންވާރަަމަންޓް މިނިސްޓްރީން ބުނެއެވެ.

ތިމާވެށި ހިމާޔަތްކުރުމަކީ އެސްޑީއެމްގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، މި ޕްރޮޖެކްޓުގައި ބައިވެރިވުމަކީ އެ އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެފަރާތުން ބުނެއެވެ.

އެސްޑީއެމް މި ޕްރޮޖެކްޓުގައި ބައިވެރިވުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށާއި މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދުކުރެވޭ ކަމަށް އެސްޑީއެމްއިން ބުނެއެވެ.

އެސްޑީއެމްއިން މި ޕްލެޖްގެ ދަށުން އިންދާ 750,000 ގަސް، ރާއްޖޭގެ އެކި ރަށްރަށުގައި އިންދުމަށް ވަނީ ރޭވިފައެވެ.

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު އިފްތިތާހް ކުރެވިގެންދިޔައީ މިއަހަރުގެ ތިމާވެށީދުވަހުއެވެ. މިއީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކޮށް، ރާއްޖޭގެ ތިމާވެށީގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި އާލާކޮށް، ރާއްޖެ ހޫނުވުން ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ގައުމީ ޕްރޮގްރާމެކެވެ.މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް