ads
ލޯކަލް ގަވަމަންޓް މިނިސްޓާ އާދަމް ޝަރީފް
ފަޅުރަށްތަށް ކައުންސިލްތަކާ ހަވާލުކުރުމުން ބޭނުންވާ ތަރައްގީ ލިބޭނެ: އާދަމް ޝަރީފް
ފަޅުރަށްތައް ކައުންސިލްތަކާއި ހަވާލުކުރެއްވުމަކީ އެކަމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް އުފާފާގަތިކަން ލިބި ރަށްރަށުގެ ރައްޔިތުން ބޭނުންވާ ތަރައްގީ އެރަށް ތަކަށް ގެނައުމަށް މަގުފަހިވެގެން ދާނެކަމެއް ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ފަޅުރަށްރަށް ހޯދުމަށް ކައުންސިލްތަކުން ހުށައެޅި ޕްރޮޕޯސަލް ވަޒަން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

އެއީ ރައްޔިތުން ބޭނުންވާ ތަރައްގީ އެރަށް ތަކަށް ގެނައުމަށް މަގުފަހިވެގެން ދާނެކަމެއް ކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ އެފަދަ ރަށެއް ލިބުމަކީ އެކި މަސައްކަތްކުރުމަށް އެރަށެއްގެ ބަޔަަކަށް ލިބިގެން ދާނެ އިތުރު ފުރުސަތެއް ކަމަށެވެ.

"ކުރެވޭނެ ވަަރަށް ގިނަ މަސައްކަތްތައް އަދި ވަރަށް ގިނަ ފުރުސަތު އޮތްކަމެއް މިކަމަކީ މިއީ ރައީސުލްޖުމުހުރިއްޔާ ކައުންސިލްތަކަަށް ހުޅުވާލަދެއްވި ވަރަށް މުހިންމު ފުރުސަތެއް" މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުވުމަށް ރައީސް ކުރައްވާ މުހިންމު މަސައްކަތްފުޅެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ރަށްރަށުގެ ރައްޔިތުން ވަރަށް އުފާވާނެ އެރަށެއްގެ ރައްޔިތުންނަށް ނުވަތަ ކައުންސިލަށް ކަމަށް ވިޔަސް އަދި ރައްޔިތުންނަށް އޭގެ ނަފާލިބޭނެ ގޮތަށް ފަޅުރަށެއް އެރަށަކަށް ނިސްބަތްވާ ގޮތަށް އޮތުމަކީ އަޅުގަނޑު ދެކޭގޮތުގައި އެރަށެއްގެ ބަޔަކަށް ވަރަށް ބޮޑު ހިންހަމަޖެހުމެއް އަދި އުފާވެރިކަންލިބިގެންދާނެ" މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ފަޅުރަށްރަށް ހޯދުމަށް އެކަމަށް ޝައުގުވެރިކަން ފާޅުކުރި 3 ރަށުކަންސިލް އަކުން ހުށައެޅި ޕްރޮޕޯސަލްތައް މިއަދު ވަނީ ވަޒަންކުރުމުގެ މަސައްކަތް ނިންމާލާފައެވެ. އަދި ވަރަށް އަވަސް ފުރުސަތެއްގެ ތެރޭގައި އެކައުންސިލްތަކާއި ފަޅުރަށްތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް