ads
ވޮލީގެ ރައީސް ލަތީބެ، އަންހެން ނާއިބު ރައީސްއާއެކު
ވޮލީއަށް ފާޑު ނުކިޔާތި، ދެ އަހަރަށް ސަސްޕެންޑް ވެދާނެ!
ވޮލީ ބޯޅަ އެސޯސިއޭޝަންގެ އެކްސްކޯ މެންބަރުންނާ މެދު ހަގީގަތާ ހިލާފު ވާހަކައެއް ދައްކައިފިނަމަ ބޮޑު ސަސްޕެންޝަނެއް ދޭން އެ އެސޯސިއޭޝަނުން ނިންމައިފިއެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ވީއޭއެމް އާއި އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ މެންބަރުންނާ މެދު ހަގީގަތާ ހިލާފު ވާހަކަ ފަތުރާ ފަރާތްތައް ދެ އަހަރަށް ސަސްޕެންޑް ކުރުމަށް އެ އެސޯސިއޭޝަނުންވަނީ ނިންމާފައެވެ. މި ގޮތަށް ނިންމާފައިވަނީ އެސޯސިއޭޝަންގެ އެކްސްކޯގެ 13 ކްލަބުގެ އިއްތިފާގުން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ވޮލީ އެސޯސިއޭޝަނުން ނިންމާފައިވަނީ އެ އެސޯސިއޭޝަނާ، އެކްސްކޯ މެންބަރުންނަށް އަމާޒުކޮށް ހަގީގަތާ ހިލާފު އަދި ބޭ އަދަބީ، ނުވަތަ މުޖުތަމައު ބަލައިނުގަންނަ ބަހުރުވަ ބޭނުންކޮށް ވާހަކަތަކާއި އިލްޒާމްތައް އަޅުވައި، ފޮޓޯ، ސޯޝަލް މީޑިޔާގައި ދައުރުކުރާ ފަރާތްތަކުގެ މައްސަލަ ބަލައި އެފަރާތްތަކަށް ރާއްޖޭގައި ރާވާ ހިންގާ ވޮލީގެ އެއްވެސް ހަރަކާތެއްގައި މަދުވެގެން ދެ އަހަރު ދުވަހަށް ބައިވެރިވުން މަނާ ކުރުމަށެވެ.

މިކަމާ ސޯޝަލް މީޑިއާގައި ކުރީގެ ކުޅުންތެރިންނާއި ބައެއް ކޯޗުން އަދި އާއްމުން އަންނަނީ ފާޑު ކިޔަމުންނެވެ. މިއީ ދިވެހި ކުޅިވަރު އެސޯސިއޭޝަނަކުން ނިންމި މި ފަދަ ފުރަތަމަ ނިންމުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް