ads
ޑްރޯންގެ އެހީގައި ރާއްޖެ ބެލެހެއްޓުމަށް ފެށުން ފޮޓޯ: ރައީސް އޮފީސް
ޑްރޯން ދުއްވަން ވައިގެ އަސްކަރީ ދެ ބޭސް ގަމާއި ފުނަދޫގައި ހަދަނީ
ރާއްޖޭގެ އިގުތިސާާދީ ސަރަހައްދު ބެލެހެއްޓުމުގެ ކަންކަން ހަރުދަނާ ކުރުމަށް ވައިގެ އަސްކަރީ ދެ މަރުކަޒު އައްޑޫސިޓީ ގަމާއި ށ. ފުނަދޫގައި ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
Advertisement

ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވީ ޑްރޯން ބޭސްއެއް ނުވަތަ ވައިގެ އަސްކަރީ ބޭސްއެއް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އެގޮތުން މި ބޭސްތައް ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީ ގަމާއި އުތުރުން ފުނަދޫގައި އަޅަން ނިންމާފައިވާކަމަށެވެ. މިތަންތަން ކަނޑައަޅާފައިވަނީ  ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފްގެ ލަފާގެ މަތިން ރައީސް ޑރ. މުއިއްޒު ކަމަށް ގައްސާން ވިދާޅުވިއެވެ. 

 ގަމުގައި އަޅާ ޑްރޯން އަށް ހާއްސަ ޔޫއޭވީ މަރުކަޒުގެ މަސައްކަތްތައް އަންނަމަހުގެ ކުރީކޮޅު ނިންމަން މަސައްކަތް ކުރަމުން އަންނަކަމަށެވެ. ފުނަދޫގައި ހަދާ ބޭސްގެ މަސައްކަތައް ބިން ފުނަދޫ ކައުންސިލުން މިހާރު ހަމަޖައްސާފައިވާކަމަށް ގައްސާން ވިދާޅުވިއެވެ. އަދި ފުނަދޫގައި އަޅާ ބޭސްގެ މަސައްކަތް ފަށާނީ ގަމުގެ މަރުކަޒު ނިމުމުންކަމަށް ގައްސާން ވިދާޅުވިއެވެ.  

ގައްސާން ވިދާޅުވީ ގަމުގައި ހަދާ މަރުކަޒު ނިމުމުން ޑްރޯންތައް ބޭނުން ކުރަން ފަށާނީ ގަމުން ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން ވިދާޅުވިއެވެ. 

ރާއްޖޭގައި އަސްކަރީ ޑްރޯންތައް ފުރަތަމަ ފަހަރަށް ބޭނުންކުރަން ފެށީ  މި އަހަރުގެ މާޗު 15 ގައެވެ. ދައުލަތުން ހަރަދުކޮށްގެން 

  ތުރުކީން ވަނީ ތިން ޑްރޯން ގެނެސްފައެވެ. މި ޑްރޯންތަކުގެ  މަރުކަޒެއްގެ ގޮތުގައި މިހާރު ބޭނުންކުރަނީ ނ. މާފަރު އެއާޕޯޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް