ads
ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް މީހަކު ހޮވަނީ - ފޮޓޯ:މީރާ
ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް ދެ ނަމެއް މަޖިލީހަށް ހުށަހަޅައިފި
ދައުލަތުގެ ޓެކްސް އިދާރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ރުހުން ހޯދުމަށްޓަކައި ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
Advertisement

ޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމަށް ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވާ ދެ ނަމަކީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކެވެ. 

އެގޮތުން ސިޓީގައި ހިމެނޭ ދެ ނަމަކީ މިހާރުވެސް އެ މަގާމުގައި ހުންނެވި އަސްމާ ޝަފީއު އާއި ގދ. ގައްދޫ، ކޯޒީރައުންޑް، ފާތިމަތު އަމީޒާ އެވެ. ރައީސްގެ ސިޓީގައި އިސްކަންދެއްވާފައިވަނީ ފާތިމަތު އަމީޒާ އަށެވެ.

ރައީސް ފޮނުއްވި ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ރިޔާސަތުން މިއަދުވަނީ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ފޮނުއްވާފަ އެވެ. އެ ކޮމެޓީން އާންމުކޮށް އެފަދަ މަގާމުތަކަށް އިންޓަވިއު ކުރަނީ ރައީސް އިސްކަން ދެއްވާފައިވާ ތަރުތީބުންނެވެ. 

މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި މިހާރު ހުންނެވީ ކުރިން ޑެޕިއުޓީ ކޮމިޝަނާ ޖެނަރަލްގެ މަގާމުގައި ފުރުއްވި ހަސަން ޒަރީރު އެވެ. އޭނާ މީރާގެ ކޮމިޝަނަރު ކަމަށް އައްޔަންކުރެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް