ads
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރު ފައިސަލު ޖަވާބު ދެއްވަނީ
ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތައް ކިޔާދިނުން މުހިންމު: ފައިސަލް
އިންވެސްޓަރުންނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތައް ކިޔާދިނުން މުހިންމު ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ ވަކި ވަކި މަޝްރޫއުތައް އިންވެސްޓަރުންނާއި ހަމައަށް ގެންދިޔުމަކީ ފަތުރުވެރިކަން ރާއްޖޭގައި ނެތް ހިސާބުތަކުގައި ފަތުރުވެރިކަން ތަރައްގީވެގެން ދިޔުމަށް ވަރަށް ބޮޑު އެހީއަކަށްވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރެވެނީ، މާލެ އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ވ. އަތޮޅާއި އދ. އަތޮޅާއި އއ. އަތޮޅުގައި ކަމަށެވެ. އަދި، ބޭރުގެ އިންވެސްޓަރުން އެންމެ ގިނައިން ޕްރޮޕޯސަލް ހުށަހަޅަނީ ވެސް އެ އަތޮޅުތަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން، ފަތުތުވެރިކަން ނެތް އަތޮޅުތަކަށް ފަތުރުވެރިކަން ގެންދިޔުމަށްޓަކައި އެ ސަރަހައްދުތަކަށް އިންވެސްޓު ކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކު ފަންޑުކޮށްގެން ހަނިމާދޫގައި ތަރައްގީކުރަމުންދާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު މާޗް މަހުގެ ތެރޭގައި ނިމޭނެ ކަމަށާއި އޭގެ ކުރިން އެ އަތޮޅުގައި ޖުމްލަ 4،000 އެނދު ތަރައްގީކުރާނެ ކަމަށެވެ.

މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެދަށުން އިންވެސްޓަރުން ހޯދުމަށް އެކި ގައުމުތަކުގައި އިންވެސްޓަރ ފޯރަމުތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

"މިހާރުވަނީ ސިންގަޕޫރު، ތައިލެންޑު އަދި ދުބާއީގައި އިންވެސްޓަރ ފޯރަމުތައް ބޭއްވުމަށް ނިންމާފައި، މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓަރާއި ދެވަނަ ކުއާޓަރގައި ބޭއްވުމަށް ތާވަލުކުރެވި، ރާއްޖޭގެ ފަތުރުވެރިކަން ނެތް ހިސާބުތަކަށް ފަތުރުވެރިކަން ގެނައުމަށް މަސައްކަތްކުރާނަން،" މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ޓޫރިޒަމް ދާއިރާގައި ގެސްޓުހައުސްތައް ވަކިން ޕްރޮމޯޓުކުރުމަށް އޭނާ ބޭނުންފުޅުވާ ކަމަށެވެ. އެއީ ގެސްޓުހައުސްތައް ޕްރޮމޯޓުކުރުމަކީ ރާއްޖޭގެ ޕްރައިވެޓް ސެކްޓާ ވަރަށް ބޮޑަށް ވަރުގަދަވާނެ ކަމެއް ކަމުގައި ފެނިވަޑައިގަންނަވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ ރައީސްގެ އިރުޝާދާ އެއްގޮތަށް އެކަށީގެންވާ އަދަދަކަށް އެނދު އުފެއްދުމަށް ޓޫރިޒަމް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް