ފުލުހުން ބުނީ މި މީހުން ހޯދަނީ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތާއި ގުޅުން ހުރި މައްސަލައެއްގައިކަމަށެވެ.
ހޯދަން އިއުލާންކުރި މީހުން
އަހްމަދު ރާއިފް، ގަނދަކޯޅިމާގެ / މ. މުލައް، (25އ)
އިސްމާއީލް ޝައިމަން، ގ. ރަންނާޅިގެ / މާލެ، (28އ)
ފުލުހުން ބުނީ މި މީހުން ހޯދަނީ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީކަމަށެވެ.
މި މީހުން ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް މިމަހުގެ 31 ވަނަދުވަހުގެ 14:00 އަށް ހާޒިރުވުމަށް އަންގާ ފުލުހުން ވަނީ އާއްމުކޮށް އިއުލާންކޮށްފައެވެ.