ads
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ: މަޖިލިސް
ދިވެހިރާއްޖެއިން އިންޓަނޭޝަނަލް އެޓޮމިކް އެޖެންސީ ބައިވެރިވުމަށް މަޖިލީހުން ރުހުން ދީފި
ދިވެހިރާއްޖެއިން އިންޓަނޭޝަނަލް އެޓޮމިކް އެޖެންސީ (އައިއޭއީއޭ)ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ސަރުކާރުން އެދުމުން ރައްޔިތުންގެ މަޖިލީހަށް އެކަމަށް ރުހުން ދީފި އެވެ.
Advertisement

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ އިއްތިފާގުންނެވެ.

އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށްފަހު ނިންމާފައިވެ އެވެ. އެ ނިންމުން ނިންމާފައިވާ ސަބަބެއްކަމަށް އެއިރުގެ ފޮރިން މިނިސްޓަރު އަދި މިހާރުުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް އެކަމުގެ ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފައްޓަވާފައިވާއިރު އެ މަސައްކަތުގައި އައިއޭއީއޭގެ އެހީތެރިކަން ބޭނުންވާނެތީ ކަމަށެވެ.

"އެކަމަށްޓަކައި މިހާރު މި ޒަމާނުގެ މެޑިސިންގައި ވަރަށް ބޮޑަށް ބޭނުންވޭ އެޓޮމިކް އޭޖެންސީގެ އެހީތެރިކަން އެއީ މިކަމަށް ބޭނުންވާ ބައެއް ކަހަލަ އިކުއިޕްމެންޓް ހޯދުމާއި މީގެ ވޭސްޓް މެނޭޖްމެންޓް ކުރުމާއި މި ކަންކަމަކީ އަސްލުގައި އައިއޭއީއޭގައި މެންޑޭޓުގެ ތެރޭގައި ހިމެނިފައިވާ ކަމެއް،" ޒަމީރު ވިދާޅުވި އެވެ.

އައިއޭއީއޭއާ ގުޅުމުން ނިއުކްލިއާ މެޑިސިންގެ ދާއިރާގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންވެސް ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އިންޓަރނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ، އައިއޭއީއޭ އަކީ 29 ޖުލައި 1957 ވަނަ އަހަރު އުފެއްދި ޖަމްއިއްޔާއެކެވެ. މިއީ ހަނގުރާމައިގެ ބޭނުމަށް ނިއުކްލިއާ ހަކަތަ ބޭނުންކުރިޔަ ނުދިނުމަށާއި، އޭގެ ފައިދާ ރަނގަޅުގޮތުގައި ބޭރުކުރުމަށް އެހީތެރިވެދިނުމަށް އުފައްދާފައިވާ ޖަމްއިއްޔާއެކެވެ. މި ޖަމްއިއްޔާގައި މިހާރުވެސް 178 މެންބަރު ގައުމު ހިމެނެ އެވެ. ސަރަހައްދީ ގައުމުތަކުގެ ތެރެއިން މި ޖަމުއިއްޔާގައި ބައިވެރިނުވަނީ ހަމައެކަނި ރާއްޖެއާއި ބޫޓާން އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރެވޭނީ މަޖިލީހަށް އެކަން ހުށަހަޅައި މަޖިލީހުން ފާސްކުރުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް