ads
ބީއެމްއެލްގެ އޭޓީއެމްއަކުން މީހަކު ޑޮލަރު ނަގަނީ: ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަންނަނީ އުފުލެމުން.
ދަރިވަރުންނަށް ޑޮލަރު ލިމިޓް 1،200 އަށް ބޮޑުކުރަން ނިންމައިފި
ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބީއެމްއެލްގެ ޑޮލަރު ލިމިޓް 1،200 އަށް ބޮޑުކުރަން އެ ބޭންކުން ނިންމައިފިއެވެ.
Advertisement

ބީއެމްއެލުން ބުނީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑެބިޓް ކާޑުން ކޮންމެ މަހަކު ދޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓް 1،200 ޑޮލަރަށް އިތުރުކޮށްފައިވާކަމަށެވެ. އަދި މި ނިންމުމަށް އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެކަމަށް އެ ބޭންކުން ބުނެއެވެ. 

ބީއެމްއެލުން ބުނީ އަލަށް އިތުރުކުރި ލިމިޓް ދޫކުރަނީ އެކަމަށް އެދޭ ދަރިވަރުންނަށް ކަމަށެވެ. އަދި އެކަމަށް އެދެން އޮންލައިން ޕޯޓަލް މެދުވެރިކޮށް ބޭންކުގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށްވެސް ބޭންކުން ބުނެއެވެ. އަދި އެކަމަށް ބޭނުންވާސަޕޯޓިން ޑޮކިއުމަންޓްތައް ހުށަހަޅަން ޖެހޭނެ ކަމަށާއި ރަޖިސްޓްރީ ކުރުމާ ބެހޭ ތަފްސީލުތައް ވަގުތުން ލިބޭނެކަމަށްވެސް ބީއެމްއެލުން ބުނެއެވެ. 

ބޭންކް އޮފް މޯލްޑިވްސްއިން މި ބަދަލު ގެނެސްފައިމިވަނީ އެ ބޭންކުގެ ގެ ސީއީއޯގެ މަގާމަށް އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯކަން ކުރިން ކުރެއްވި މުހައްމަދު ޝަރީފް އައްޔަންކުރި ފަހުން ބޭއްވި ފުރަތަމަ ބޯޑު ބައްދަލުވުމުގައެވެ.

" ބޭންކަށް ޑޮލަރުގެ ދަތިކަން އަދިވެސް އޮތް ނަމަވެސް މި ނިންމުމުން ދައްކުވައިދެނީ ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދިވެހިން ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދުތައް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް ." މި ނިންމުމަށްފަހު ސީއީއޯގެ މުހައްމަދު ޝަރީފް ނެރުއްވި ބަޔާނުގައިވެއެވެ.
ބީއެމްއެލުން މި ގެނައި ބަދަލާއިއެކު ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންގެ ޑެބިޓް ކާޑުގެ ލިމިޓަށް އިތުރު 450 ޑޮލަރު ލިބޭނެއެވެ. އެހެންނަމަވެސް އާންމުންގެ ކާޑުތަކާއި ކްރިޑިޓް ކާޑްތަކުގެ ލިމިޓްތަކަށް އެއްވެސް ބަދަލެއް ނުގެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް