ads
ތުރުކީގައި ދިން ހަމަލާތައް ރައީސް ކުށްވެރިކުރައްވައިފި
ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ދިން ހަމަލާއާ ގުޅިގެން ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށާއި އެމީހުންގެ ގާތްތިމާގެ މީހުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
Advertisement

އަންކާރާގެ ކައިރީގައި ހުންނަ ޓާކިޝް އޭރޯސްޕޭސް އިންޑަސްޓްރީޒްގެ މައި މަރުކަޒަށް އަމާޒުކޮށް ދިން ރޭ ދިން ހަމަލާގައި ހަތަރު މީހަކު މަރުވެ 14 މީހުން ޒަހަމްވެފައިވާކަމަށް ތުރުކީ މީޑިއާތަކުން ބުނެއެވެ. 

ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރްދުގާނަށް ފޮނުއްވި މެސެޖެއްގައި ރައީސް ވަނީ، އެ ހަމަލާގެ ހަބަރު އެއްސެވީ ފުން ހިތާމައާއެކުގައިކަމަށް ވިދާޅުވެ، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެ ހަމަލާ ކުށްވެރިކުރައްވާކަން ހާމަކުރައްވާފައެވެ. އަދި ހަމަލާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ދިވެހި ރައްޔިތުން ތިބީ ތުރުކީވިލާތުގެ ރައްޔިތުންނާއި އެކުގައި ކަމުގެ ޔަޤީންކަން ދެއްވާކަމަށްވެސް ރައީސްގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ. 

ތުރުކީ ގަޑިން އިއްޔެ ހަވީރު 16:00 ޖަހާކަންހާއިރު ޓީޔޫއެސްޔޫއެސްގެ މަރުކަޒަށް ދިން ހަމަލާތަކުގައި ބައިވެރިވި ކަމަށް ބެލެވޭ ދެ މީހަކު ސެކިޔުރިޓީ ކެމެރާތަކުން ނަގާފައިވާ ބައެއް ވީޑިޔޯތަކުން ފެނިފައިވާ ކަމުގައި އެ ގައުމުގެ މީޑިޔާތަކުން ރިޕޯޓު ކުރި އެވެ. އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭއިރު, އެ ދެ މީހުން ވެސް ތިބީ ހަތިޔާރު އަޅައިގެންނެވެ. ހަމަލާ ދީފައިވާ މަރުކަޒަކީ 15000އެއްހާ މީހުން ވަޒީފާ އަދާކުރާ ތަނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް