ads
މިނިސްޓާ ރަމީލާ
ފެނާއި ކާބޯތަކެތި "ހަތިޔާރަކަށް" ހެދުން ހުއްޓާލަން ރަމީލާ އެދިލައްވައިފި
ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީ ގެ 52 ވަނަ ބައްދަލުވުމުގައި ފެނާއި ކާނާ ހަތިޔާރުގެ ގޮތުގައި ބޭނުން ކުރުން ހުއްޓާލުމަށް ގޮވާލި ގޮވާލުމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ތާއީދު ކުރައްވާ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަަވއިފިއެވެ.
Advertisement

އިޓަލީގެ ވެރިރަށް ރޯމްގައި މިމަހުގެ 21 އިން 25އަށް ކުރިއަށް ގެންދާ ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީ ބައްދަލުވުމުގެ ރިޕޯޓުގައި ހިމަނާ މުހިންމު ކަންކަމާއި ގުޅޭގޮތުން އެކި ގައުމުތަކުން ގެންދަނީ އެގައުމުތަކުން ދެކޭ ގޮތް ކޮމިޓީގައި ހާމަ ކުރައްވަމުންނެވެ.

މިރިޕޯޓުގައި ހިމެނުމަށް ހުށަހެޅި ނުކުތާތަކުގެ ތެރެއިން، ގައުމުތަކުގެ މެދުގައި ދިގުކޮށް ބަހުސް ކުރެވިގެން ދިޔަ އެއް ނުކުތާއަކަށް ވެގެންދިޔައީ ދުނިޔޭގައި ހަމަނުޖެހުންތަކާއި ހަނގުރާމަތައް ހިންގަމުންދާ ސަރަހައްދުތަކުގައި ފެނާ ކާބޯތަކެއްޗަކީ ހަނގުރާމައިގެ ހަތިޔާރުގެ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށާއި، ހާއްސަގޮތެއްގައި ފަލަސްތީނާއި ގާޒާގެ ރައްޔިތުންނަށް ބޭނުންވާ ކާނާއާއި، ފެނާއި، ބޭސްފަރުވާފަދަ އަސާސީ ހިދްމަތްތައް ދާއިމީގޮތެއްގައި ފޯރުކޮށްދިނުމަށް އދގެ ކާނާއާއި ދަނޑުވެރިކަމާބެހޭ ޖަމްއިއްޔާ (އެފްއޯއޭ) އާއި ކަމާގުޅުންހުރި އެހެނިހެން ބައިނަލްއަގްވާމީ އިދާރާތަކުން މަސައްކަތް ކުރުމަށް ގޮވާލާ ކުވައިތުން ހުށައެޅި ނުކުތާއެވެ.

ކުވައިތުގެ މިހުށަހެޅުމަށް ތާއީދުކުރައްވައި މިނިސްޓާ ޑރ. އައިޝަތު ރަމީލާ ވަނީ މިކޮމިޓީގައި ވާހަކަފުޅު ދައްކަވާފައެވެ.

"ފެނާއި ކާބޯތަކެއްޗަކީ އަސާސީ ހައްގެއް، ހަނގުރާމައިގެ މަގްސަދުތައް ހާސިލުކުރުމަށް ވިޔަސް ނުވަތަ އެހެން މަގްސަދެއް ހާސިލްކުރަންވެސް އިންސާނަކަށް ފެނާއި ކާބޯތަކެތި ލިބެންހުރި މަގުތަކަށް ހުރަސް އެޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. ކުވައިތުގެ ހުށަހެޅުން މިކޮމިޓީން ފާސްކުރާ ރިޕޯޓުގައި ހިމެނުމަށް ރާއްޖެއިން ފުރިހަމައަށް ތާއީދު ކުރަން" މިނިސްޓަރު ރަމީލާ ވިދާޅުވިއެވެ.

މިކޮމިޓީގައި ހިމެނޭ ގިނަ ގައުމުތަކުން ވަނީ ކުވައިތުގެ ހުށަހެޅުމަށް ތާއީދުކޮށްފައެވެ. މިހުށަހެޅުމަށް ސީދާގޮތުން އެއްވެސް ގައުމަކުން ދެކޮޅު ހަދާފައިނުވުމާއެކު، ކޮމިޓީގެ ޗެއާ ޕާސަން ވަނީ މިހުށަހެޅުން ކޮމިޓީގެ ރިޕޯޓުގައި ހިމެނުމަށް ނިންމަވާފައެވެ.

ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީގެ 52 ވަނަ ބައްދަލުވުމުގެ މައިގަނޑު އެއް މަގްސަދަކީ ދުނިޔޭގެ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށްޓަކައި ސަސްޓެއިނަބްލް، އިންކްލޫސިވް، ރެސިލިއެންޓް ފުޑް ސިސްޓަމްއެއް އުފެއްދުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ކުރެވެން ހުރި ކަންކަން ދެނެގަތުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް