މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޓޮމް ވިދާޅުވީ، ޓެކްސް އެޕީލް ޓްރައިބިއުނަލުން މިދިޔަ ހަތް އަހަރު ދުވަހު ނިންމާފައިވަނީ އެންމެ ދެ މައްސަލަ ކަމަށެވެ. އަދި އެ ޓްރައިބިއުނަލްގެ އޮފީސް ހިންގުމަށް މަހަކު 375،000 ރުފިޔާ ކުއްޔަށް ދައްކަން ޖެހޭ ކަމަށް އޭނާ ފާހަގަކުރި އެވެ.
ޓެކްސް އިދާރާއިން ނިންމާ ނިންމުންތަކާމެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް ކޯޓު ނިޒާމުގެ ތެރެއިން މައްސަލަ ހުށަހެޅޭނެ ގޮތް ހެދުމަށް ޓޮމް ވަނީ މަޖިލީހުގެ މެންބަރުންނަށް ގޮވާލައިފަ އެވެ. މިހާރު ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް މަދުކަމާއި، ހުށަހެޅޭ މައްސަލަތައްވެސް ނުނިމި ލަސްވާކަން އޭނާ ފާހަގަކުރި އެވެ.