މާލޭ ސަރަހައްދުގައި ހިންގާ ސަރުކާރު ހޮސްޕޓަލްތަކުގެ ހިދުމަތް ރަަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން މިއަދު ބޭއްވި ނޫސްވެރުންގެ ބައްދަލުވުމުގައި ސީއީއޯ އިބްރާހީމް އަބްދުއް ރައްޒާގް ހަލީމް ވަނީ ކުރުމަށް ނިންމާފައިވާ އެންމެ މުހިއްމު މަސައްކަތްތަކުގެ ތެރޭ އައިޖީއެމްއެޗް ގެ ހުސްބިމުގައި ތަރައްގީކުރާ ކެންސާ ހޮސްޕިޓަލް ހިމެނޭ ކަމަށެވެ.
އެ ހޮސޕިޓަލް އެޅުމަށް ބިންވެސް ވަނީ ހަމަޖެހިފައިކަމަށް ހަލީމް ވިދާޅުވި އެވެ.
އައިޖީއެމްއެޗްއަކީވެސް ވަަރަށް ބޮޑު ސަރަހައްދެއް ކަަމަށާއި އެތަންވެސް އަޕްގްރޭޑް ކުރަން ޖެހޭ ކަމަށް ހަލީމް ވިދާޅުވިއެވެ. އެތަން އަޕްގްރޭޑް ކުރެވޭނީވެސް އިތުރު އެހެން ވަސީލަތެއް ބިނާ ކުރެވިގެންކަމަށް ހަލީމް ފާހަގަކުރެއްވި އެވެ.
މާލޭގައި އާބާދީ އިތުރުވި މިންވަރާ އަޅާކިޔާއުރު މާލޭގައި ސިއްހީ ހިދުމަތްތަކާއި އެނދުގެ އަދަދު އިތުރު ނުވާކަން ފާހަގަކޮށް ހަލީމް ވިދާޅުވީ މި ވަގުތުތަށް ސިއްހީ ނިޒާމުގެ ހިދުމަތްތައް ފުޅާ ކުރުމުގައި އެންމެ ބޮޑު އަމާޒެއް ދޭނީ އެނދު އިތުރުކުރަން ކަަމަށެވެ.
ވޯޑާއި، އީރާއާއި އަދި އެހެން ބައެއް ހިދުމަތްތައް ހިމެނޭހެން މިއަހަރު ނިމުމުގެ ކުރިން އިތުރު 172 އެނދު ހިދުމަަތަށް ގެނެވޭނެކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން މައުލޫމާތު ދިނެވެ.