ފުލުހުން ބުނި ގޮތުގައި މި ހާދިސާ މިރޭ ހިނގީ މީގެ އިރިކޮޅެއް ކުރިން ހުޅުމާލޭ ވެމްކޯ ޖެޓީއާ ދިމާލުންނެވެ.
ފުލުހުން ބުނީ ދެ ޑިންޑީ ޖެހި އެކްސިޑެންޓުވުމާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ހާދިސާގައި މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ.
ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.